ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓްރެވެލާސް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްފި

މާލޭ ހިޔާ -2 ގެ ފުރަގަހުގައި ހިންގަމުންދިޔަ ޓްރެވެލާސް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން މިއަދު ބުނީ އިއްޔެއިން ފެށިގެން ޓްރެވެލާސް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ކްލިނިކްގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން ރޭގަނޑު 22:00 ލިބޭނެ އެވެ.

މި ކްލިނިކަށް ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އެެހެން ކަމުން ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަަލަށް ދިއުމުގެ ބަދަލުގައި އެ ކްލިނިކަށް އައިސް ޑޮކްޓަރަކަށް ދެއްކުމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މާލޭ ހިޔާ -2 ގެ ފުރަގަހުގައި ޓްރެވެލާސް ކްލިނިކް އޭރު ހަދާފައިވަނީ ރާއްޖެއިން ބޭރުން އަންނަ މީހުންނާއި، އޭރު އުމްރާއިން އައި ދިވެހިންނަށް ހާއްސަކޮށްގެންނެވެ. ނަމަވެސް ސަރުކާރުން ވަނީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެން މިހާރު ދަނީ 14 ދުވަހަށް ކަރަންޓީން ކުރަމުންނެވެ.