ބޮލީވުޑް

ބޮލީވުޑްގެ އާ ޖޯޑަކީ ކުޝަލް ޓަންޑަން އާއި މިރުނާލް ޓާކޫރް

ފަހަކަށް އައިސް މިރުނާލް ޓާކޫރާއި ކުޝާލް ޓަންޑަންގެ ލޯބީގެ މާފޮޅުވުންތަކުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަނީ ގަދަވެފަ އެވެ. ހުކުރު ދުވަހު ކުޝަލް އިންސްޓަގްރާމްގައި މިރުނާލް އަށް ހާއްސަކޮށް ޕޯސްޓެއް ޝެއާ ކޮށްފައި ވެއެވެ. އެ ލިޔުމުގައި އޭނާ މިރުނާލް އަކީ "ސޯލް މޭޓް" ކަމަށް ސިފަކޮށްފައި ވެއެވެ.

"މިރުނާލް...އަހަރެންގެ ހަޔާތުގައި އެންމެ ލޯބިވާ މީހާ. ސޯލް މޭޓް އަކީ އެންމެ ލޯބިވާ މީހާ ކަމަށް މީހުން ބުނޭ. އެއީ ރަނގަޅު ވާހަކައެއް ނޫން. ސޯލް މޭޓް ވެދާނެ އެންމެ ގާތް އެކުވެރިޔާ އަށް ވެސް. މި ހަޔާތާއި އަބަދުގެ އަބަދަށް ވެސް ތިއީ އަހަރެންގެ ސޯލް މޭޓް،" ކުޝަލްގެ ޕޯސްޓްގައި ވެއެވެ.

މި ޕޯސްޓާއެކު ކުޝަލް ވަނީ އޭނާ އާއި މިރުނާލް އެކުގައި ނަގާފައިވާ ފޮޓޮއެއް ވެސް ޝެއާ ކޮށްފަ އެވެ. މި ޕޯސްޓަށް މިރުނާލް ދީފައިވާ ޖަވާބުން ވެސް އެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮތްކަން އެނގެ އެވެ.

"ކުޝަލް... ކަލޭ ކަހަލަ އަހަރެން ރުޅި އަރުވާ އަދި ކުޑަކޮށް ވެސް އަހަރެންގެ އަގު ވަޒަން ނުކުރާ މީހަކު ލިބުމަކީ ލެއްވި ރަހުމަތެއް. އެކަމަކުވެސް ލޯބިވޭ،" މިރުނަލް ލިޔެފައި ވެއެވެ.

މިރުނަލް އާއި ކުޝަލް އަކީ ޓީވީ ސިލްސިލާތަކުގައި ލީޑް ރޯލު ކުޅެފައިވާ ދެ އެކްޓަރުންނެވެ. ކުޝަލް ގިނަ ބަޔެއްގެ މެދުގައި މަގްބޫލުވީ "އޭކް ހަޒާރޯންމޭ މެރި ބެހެނާ ހޭ"ގައި ކުޅުނު ވިރާޓުގެ ރޯލުންނެވެ. އަދި "ބޭހަދު"ގައި އޭނާ ވަނީ އަރްޖުން ސިންގްގެ ރޯލު ކުޅެފަ އެވެ. "ބިގް ބޮސް 7"ގައި ވެސް ކުޝަލް ބައިވެރިވި އެވެ.

އަނެއްކޮޅުން މިރުނާލްގެ ފުރަތަމަ ސިލްސިލާއަކީ "ކުމްކުމް ބާގްޔާ" އެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ ރިތިކް ރޯޝަން ބަތަލުގެ ބައި ކުޅުނު "ސުޕަ 30" އިންނެވެ. އަދި "ބަޓްލާ ހައުސް" އާއި "ގޯސްޓް ސްޓޯރީޒް"ގައި ވެސް އޭނާ ލީޑް ރޯލު ކުޅެފައި ވެއެވެ. މިހާރު މިރުނާލް ކުޅޭ ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރާއެކު ކުޅޭ "ޖާޒީ" އާއި "ތޫފާން" ފާހަގަ ކޮށްލެވެ އެވެ.