ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ސީޒަން ނިންމާލިއަސް ލިވަޕޫލަށް ލީގް ލިބޭނެ

ކޮވިޑް-19 ގެ ސަބަބުން ސީޒަން ކުރިއަށް ނުގެންދެވި ނިންމާލަން ޖެހުނަސް، ޕްރިމިއާ ލީގްގެ ޗެމްޕިއަން ޓްރޮފީ ލިވަޕޫލަށް ލިބެން ޖެހޭނެ ކަމަށް ޔޫއެފާއިގެ ރައީސް އެލެގްޒެންޑާ ކެފްރިން ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ މަހު ސީޒަން މެދުކަނޑާލިރު ލިވަޕޫލް އޮތީ، ލީގް ހޯދުމާ ދާދި ކައިރީގަ އެވެ. އެ ޓީމު އެއްވަނަ މަގާމުގައި އޮތީ، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ މައްޗަށް 25 ޕޮއިންޓްގެ ލީޑަކާއެކު އެވެ. ލީގް ކަށަވަރު ކުރުމަށް އެ ޓީމަށް ބޭނުން ވަނީ އެންމެ މެޗެކެވެ.

"ސީޒަން އަލުން ކުރިއަށް ގެންދާނަމަ، ލީވަޕޫލުން ލީގް ހޯދާނެ ކަން އަހަންނަށް ޔަގީން ކުރެވޭ،" ކެފްރިން ވިދާޅުވި އެވެ. "ލިވަޕޫލަށް އަދި ލީގް ކަށަވަރު ނުވި ނަމަވެސް އުސޫލެއްގެ ގޮތުން އެ ޓީމަކީ މިހާރު ވެސް ޕްރިމިއާ ލީގް ޗެމްޕިއަން ހޯދާނެ ޓީމޭ ބުނެވިދާނެ."

ސްލޮވޭނިއާގެ ދުވަހު ނޫސް، އެކިޕާއަށް ދިން އިންޓަވިއުގައި ކެފްރިން ބުނީ، އަލުން ސީޒަން ނުފެށޭނެ ހިސާބަކަށް ގޮސްފިނަ ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ. އޭނާ ބުނީ، ސަޕޯޓަރުން ނުވެއްދޭ ގޮތަށް މެޗު ތައް ކުޅޭނަމަ، ސަޕޯޓަރުން މާޔޫސްވާނެ ކަމަށެވެ.

"އަހަރެން ގަބޫލު ކުރަނީ ކޮންމެ ހާލަތެއްގައި ވެސް ލިވަޕޫލަށް ލީގްގެ ތަށި ލިބެން ޖެހޭނެ."