ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޔާގެން ކްލޮޕް

ކުޅުންތެރިންނާ ބައްދަލު ނުވުމުގެ ހިތާމަ ބޮޑު

ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ކުޅުންތެރިންނާ ބައްދަލު ނުވެ ދިގުމުއްދަތެއް ހޭދަވެގެން ދާތީ އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށް، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމުގެ ސަބަބުން، ފުޓްބޯޅަ ސީޒަން، މެދުކަނޑާލަން ޖެހުނީ ޕްރިމިއާ ލީގްގެ ޗެމްޕިއަނުންގެ މަގާމު ލިވަޕޫލަށް ވަރަށް ކައިރީގައި ވަނިކޮށެވެ. ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗަށް ފަހު، ލިވަޕޫލުން ފުޓްބޯޅައިގެ ހަރަކާތެއް ނުގެންދެ އެވެ.

އެ ކުލަބުން ބުނީ، ގޭގައި ތިބެގެން ކުޅުންތެރިންގެ ޓްރޭނިންތައް ކުރިއަށް ގެންދާއިރު، ޓްރެއިނިން ޑޭޓާ ކުލަބަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެ ޑޭޓާތަކަށް އިޝާރާތް ކޮށް ކްލޮޕް ބުނީ، ކުޅުންތެރިން ގޭގައި ތިބެ ވެސް ވަރަށް ޕްރޮފެޝަނަލް ކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ކުޅުންތެރިންގެ ޓްރެއިނިން ޝެޝަންގައި އޭނާ ވަރަށް ބޮޑަށް އެންޖޯއި ކުރަމުން ދާ ކަމަށެވެ.

"ބޭނުން ވަނީ އެ ކުޅުންތެރިންނާ ބައްދަލު ކުރަން ކުޅުންތެރިން ކުރާ މަސައްކަތް ގާތުން ބަލަން،" ލިވަޕޫލްގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ކްލޮޕް ބުނެފައި ވެއެވެ. "މިހާރު އޮތް [ކޮވިޑް-19ގެ] ހާލަތު އަހަރެން 100 ޕަސަންޓް ބަލައިގަންނަން، އެހެން ނަމަވެސް އެހާ ގިނަ ދުވަހެއް ކުޅުންތެރިންނާ ދުރުގައި ހޭދަ ކުރަމަކީ އުނދަގޫ ކަމަކަށް ވޭ، ޝައުގުވެރިވާ ބަޔަކާ ބައްދަލު ނުވެ އެހާ ގިނަ ދުވަސް ހޭދަ ވުމަކީ ހިތްދަތި ވާނެ ކަމެއް."

ކުލަބުގެ ވީޑިއޯ ޗެޓް ސިސްޓަމް ވަނީ ކުޅުންތެރިންނާ ދުރުގަ އެވެ. އެއީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އިންޓަރެކްޓިވް ވުމުގެ ފުރުސަތު ނުދިނުމަށެވެ. ކްލޮޕް ބުނީ ކުޅުންތެރިން ޕްރޮފިޝަނަލް ވާނެ ކަމާމެދު އޭނާ ޝައްކު ނުކުރާ ކަމަށެވެ.