ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބީލަންތަކަށް ރަޖިސްޓްރީވުން ހޯމައާ ބުދަ

Apr 8, 2020

ފިނޭންސް މިނިސްޓްރީން އިއުލާނު ކުރާ ބީލަންތަކަށް ރަޖިސްޓްރީވުމާއި ފީ ދެއްކުން އޮންނާނީ ހޯމަ އާއި ބުދަ ދުވަހު ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވުމާއެކު، ސަރުކާރު ބަންދުކޮށްފައި ހުންނަ މުއްދަތުގައި އެ މިނިސްޓްރީން ކުރިއަށް ގެންދާ ބީލަންތަކަށް ރަޖިސްޓްރީވުމާއި ފީ ދެއްކުގެ އިންތިޒާމުތައް ހޯމަ އާއި ބުދަ ދުވަހުގެ ހެނދުނު 9:30 އިން 11:30 އަށް އެ މިނިސްޓްރީގައި އޮންނާނެ ކަމަށެވެ.

ކޮވިޑް ރޯގާއާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކުރުމާއެކު، ފިނޭންސް މިނިސްޓްރީން އާއްމުންނަށް ދޭ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ، ބައެއް އާއްމުންނާއި ވިޔަފާރިވެރިން ޝަކުވާ ކުރެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ހިދުމަތްތައް ބައްޓަން ކޮށްފައިވަނީ ހިދުމަތް ތަކަށް ބުރޫ ނާރާނެ ގޮތަށް ކަމަށެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނީ ދުނިޔޭގައި މިހާރު ފެތުރެމުން ދާ ކޮވިޑް-19 ގެ ބަލާއާފާތާ ގުޅިގެނެވެ. އެ ބަލި މިހާތަނަށް ރާއްޖެއިން 19 މީހަކަށް ޖެހިފައިވެ އެވެ. މީގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކު ހިމެނެ އެވެ.