ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހޯސޭ މޮރީނިއޯ

ކޮވިޑް-19 އިގެ އުސޫލުތައް މޮރީނިއޯ މުގުރާލައިފި

އިއްޔެ ބޭއްވި ޓޮޓެނަމް ހޮޓްސްޕާސްގެ ފަރިތަކުންތަކުގައި، ކޮވިޑް-19 އިގެ ސޯޝަލް ޑިސްޓެންސްގެ އުސޫލުތައް އެ ޓީމުގެ ކޯޗް ހޯޒޭ މޮރީނިއޯ އާއި އެ ޓީމުގެ ކުޅުންތެރިން މުގުރާލައިފި އެވެ.

އުތުރު ލަންޑަންގައި ހުންނަ، ޓޮޓެންހަމްގެ ޓްރޭނިން ސެންޓަރުގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ތަކުގެ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ. އެ ފުޓޭޖުން ފެންނަ ގޮތުގައި، ޓޮޓްނަމްގެ ދަނބުކުލައިގެ ކިޓް ލައިގެން ހުރި މޮރީނިއޯ ވަނީ ޕްރެކްޓިސް ސެޝަންގައި ޓީމުގެ މިޑްފީލްޑަ ޓެންގީ އެންޑޮމްބެލޭ އާ ކައިރީގައި ހުރެގެން ސެޝަން ކުރިއަށް ގެންގޮސްފަ އެވެ.

އެ ފުޓޭޖުގެ އެހެން މަންޒަރަކުން ފެންނަ ގޮތުގައި ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ޑިވެންޝަން ސަންޗޭޒް އަދި ރަޔަން ސެސެންގްނޮން ޖޮގިން ކުރަމުން ދިޔައިރު އެ ދެ ކުޅުންތެރިން ވަނީ ސޯޝަލް ޑިސްޓެންސް ގެއްލޭ ގޮތަށް ކައިރީގައި ތިބެގެން ދުވެފަ އެވެ.

މިކަމުގެ ސަބަބުން، ސްޕާސްއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ވެފަ އެވެ. އެ ކުލަބުގެ ތަރުޖަމާން ބުނެފައި ވަނީ، ސްޕާސްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކޮވިޑް-19 އާ ގުޅޭ ކަންކަން އަންގާފައިވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.