ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކާފިއު ވަގުތު ބޭރުގައި އުޅުމެއް ނުހުއްޓޭ

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތުގައި އިއްޔެ ވެސް 215 މީހަކު ހުއްޓުވާ ނަސޭހަތް ދީފި އެވެ.

ތަރްޖަމާން މަބުރޫކް އަޒީޒް ރޭ ވިދާޅުވީ އިއްޔެވެސް 177 ދިވެހިންނާ 37 ބިދޭސީއަކު ކާފިއު ވަގުތު ބޭރުގައި އުޅެގެން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކާފިއު ވަގުތަކީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ.

ކާފިއުގެ ވަގުތުގައި ބޭރުތެރޭގައި އުޅޭ މީހުން ޖޫރިމަނާ ކުރަނީ ދެ ފަހަރަށް ނަސޭހަތްދީ އަދި އިންޒާރަށާއި ފުލުހުންގެ ރެކޯޑަށް ބަލައިފަ އެވެ. މިހާތަނަށް ޖޫރިމަނާކޮށްފައި ވަނީ އެންމެ މީހެކެވެ.

ކާފިއު ވަގުތު މަގުތައްމަތީ މީހުން އުޅުން އިތުރުވާތީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި ކާފިއުގެ މި ވަގުތު އިތުރު ކުރަން ޖެހިދާނެ ކަމަށްވެސް އެންއީއޯސީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.