ބައްސާމް އަދީލް ޖަލީލް

ފީފާގެ ރައީސްގެ ތައުޒިއާ ބައްސާމަށް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލްގެ ލޮބުވެތި މާމާފުޅު، މޫމިނާ އަބްދުލް ގައްޔޫމް، އަވަހާރަވުމުގެ ހިތާމައިގައި، ފީފާގެ ރައީސް ޖިއާނީ އިންފެންޓިނޯ ތައުޒިއާ ވިދާޅުވެއްޖެ އެވެ.

އުމުރުފުޅުން 79 ވަނަ އަހަރުފުޅުގައި، މޫމިނާ އަވާހަރަވީ، މިދިޔަ ހޯމަ ދުވަހު އެވެ. އިންފެންޓީނޯ ފޮނުއްވި ތައުޒިޔާގެ ސިޓީގައި ބުނެފައި ވަނީ، އަންނަ އިވި އިބާރާތުންނެވެ.

"ރައީސް އަދި އެކުވެރި ބައްސާމަށް، ބައްސާމްގެ ލޮބުވެރި މާމާ މޫނިނާ އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު އެވެ." ފީފާފެ ރައީސް ފޮނުއްވި ސިޓީގައި ބުނެފައި ވެއެވެ.

އިންފެންޓިނޯގެ ސިޓީގައި އިތުރަށް ބުނެފައި ވަނީ، މިހިތާމަވެރި ވަގުތު ބާއްސާމް އާއި އާއިލާއަށް ކުރިމަތިވާނެ ހިތާމަ އެނގިލައްވާ ކަމަށާއި، ބާއްސާމްއާއި އާއިލާގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

"ދުނިޔޭގެ ފުޓްބޯޅަ ކޮމިޔުނިޓީގައި މަސައްކަތްކުރާ އެންމެހާ ވެރިންގެ ނަމުގައި އަހަރެން ތައުޒިއާ ދަންނަވަމެވެ." އިންފެޓިނޯގެ ސިޓީ ނިންމާލަމުން ވިދާޅުވެފައި ވެއެވެ.