ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޭންކް އޮފް މޯލްޑިވްސް

މިހާތަނަށް 12،000 ލޯނު ފަސްކޮށްދޭން އެދިފައިވޭ: ބޭންކް

މިހާތަނަށް 12،000 ލޯނު ފަސް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

އެ ބޭންކުން މިރޭ ބުނީ ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ބޭންކުގެ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސް ކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމާއެކު މިހާތަނަށް 12،000 ލޯނު ފަސް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ވެސް ފަސޭހައިން ލޮގިންކުރެވޭ ގޮތަށް ލޯނާ ގުޅޭ ހުރިހާ މައުލޫމާތު އެކުލެވޭ އަދި ލޯނު އަނބުރާ ދެއްކުން ފަސް ކުރުމަށް އެދި ހުށަހަޅޭ ގޮތަށް އޮންލައިން ޕޯޓަލްއެއް ގާއިމްކޮށް ވަނީ ހުޅުވާލާފަ އެވެ.

ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުންވާނެ ގޮތް

  • ފުރަތަމަހަ މަސްދުވަސް: ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ. އިންޓަރެސްޓް ނަގާނީ ކޮމްޕައުންޑްކޮށެއް ނޫން.
  • ޖެހިގެން އަންނަ ހަ މަސް: ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުންދާ އަދަދަށްވުރެ 20 ޕަސެންޓުް މަދު އަދަދެއް.
  • ބާކީ މުއްދަތު: ލޯނު ދެއްކުން ފަސްކުރެި ފުރަތަމަ ހަ މަހުގެ އިންޓަރެސްޓް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލާނެ.

ލޯނު ފަސް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރުސަތު ދޭނެ އެވެ. އަދި މި މުއްދަތު ތެރޭގައި ކަސްޓަމަރު ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވިދާނެ އެވެ. ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެނެވެ. އަދި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރު ވެގެން ނުވާނެއެވެ.

ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންގެ ނަގާފައިވާ ޕާސަނަލް، ހައުސިން، އަދި ބިޒްނަސް ފައިނޭންސިން ތެރެއިން މުރާބަހާ ފައިނޭންސިން ފިޔަވައި ހުރިހާ ފައިނޭންސިން އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސް ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.