ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޑެން ހަޒާޑް

ކަރަންޓީންގައި ގިނައިން ނުކައިވޭތޯ ބަލާނަން: ހަޒާޑް

ކަރަންޓީންގައި ހޭދަ ކުރަމުންދާ މުއްދަތުގައި ކެއުން ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ރެއާލް މެޑްރިޑްގެ ފޯވަޑް އެޑެން ހަޒާޑް ބުނެފި އެވެ.

ކޮވިޑް-19 ގެ ހާލަތުގައި ޔޫރަޕްގެ ގިނަ ގައުމުތައް ވަނީ ލޮކްޑައުން ކޮށްފަ އެވެ. އާންމުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފަ އެވެ.

ކަރަންޓީންގައި ހުރެ، ބެލްޖިއަމްގެ އާރްޓީބީއެފަށް ދިން އިންޓަވިއުގައި ހަޒާޑް ބުނީ ކަރަންޓީންގެ ހާލަތަކީ އުނދަގޫ ހާލަތެއް ކަމަށާއި މި ހާލަތުގައި ގިނައިން ނުކައިވޭތޯ މަސައްކަތް ކުރާ ކަމަށެވެ. ހާއްސަކޮށް ބަނަސް ކެއުން މަދު ކުރަން މަސައްކަތް ކުރާ ކަމަށް ބެލްޖިއަމްގެ ފޯވަޑް ބުންޏެވެ.

"އަހަރެން މި މަސައްކަތް ކުރަނީ ގިނައިން ނުކައި ވޭތޯ، އަދި އަހަރެން މި ބަލަނީ ގިނައިން ބަނަސް ނުކެވޭތޯ،" ހަޒާޑް ބުންޏެވެ.

މިހާރުވެސް ހަޒާޑް ހުރީ އަނިޔާގަ އެވެ. އޭނާ ބުނީ ގޭގައި ހުރެގެން އަމިއްލައަށް ރިކަވަރީ ޕްރޮގްރާމެއް ކުރިއަށް ގެންދާ ކަމަށެވެ.

"އޮންލައިން ޕިޒިކް ޕްރޮގްރާމެއްގައި ބައިވެރިވެގެން އަހަރެން މި މަސައްކަތް ކުރަނީ."

މި ސީޒަންގައި ފިޓްނަސް ދަށްވެ، އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ އޭނާގެ އަސްލު ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ. ޕްރީ ސީޒަނުން އައިރު ހަޒާޑް ފަލަ ކޮށް ހުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވި އެވެ.

ފަހުން އޭނާ ބުނެފައި ވަނީ، އޮފް ސީޒަންގައި އޭނާ ހޭދަކުރާއިރު ވަރަށް އަވަހަށް ފަލަވާ ކަމަށެވެ.