ބޭރު ކުޅިވަރު

އަނެއްކާ ވެސް ރައުލްގެ ރެކޯޑެއް ރޮނާލްޑޯ މުގުރާލައިފި

Sep 13, 2015

އެސްޕްނިޔޯލް އަތުން ރެއާލް މެޑްރިޑް 6-0 އިން މޮޅުވި މެޗުގައި ފަސް ގޯލު ޖަހައިގެން ސްޕެނިޝް ލީގުގައި ރެއާލް އަށް އެންމެ ގިނަ ޖެހި ކުޅުންތެރިޔާގެ މަގާމު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.

ކުރިން މި ރެކޯޑް އޮންނަނީ ރެއާލްގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭޒްގެ އަތުގަ އެވެ. ނަމަވެސް ރޭ ރޮނާލްޑޯ ޖެހި ފަސް ގޯލާއެކު އޭނާ ލީގުގައި ރެއާލް އަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 230 އަށް އަރައިފަ އެވެ. ސްޕޭނުގެ ކުރީގެ ކެޕްޓަން ރައުލް ޖަހާފައިވަނީ 228 ގޯލެވެ. ރައުލް މި ހުރިހާ ގޯލެއް ޖަހާފައިވަނީ 550 މެޗުންނެވެ. ނަމަވެސް އޭނާގެ ރެކޯޑް ރޮނާލްޑޯ އަތުލާފައިމިވަނީ އެންމެ 204 މެޗުންނެވެ.

މި މެޗަކީ ޕޯޗުގަލްގެ ކެޕްޓަން އެންމެ ފަހުން ކުލަބާއި ގައުމީ ޓީމުގައި ކުޅުނު އަށް މެޗުގައި ގޯލެއް ނުޖެހި ހުރެފައި ޖެހި ފުރަތަމަ ގޯލުތައް ވެސްމެ އެވެ. މެޗުގެ ފުރަތަމަ 20 މިނިޓްގައި ހެޓްރިކް ހެދި ރޮނާލްޑޯގެ އިތުރުން ދެން މި މެޗުގައި ލަނޑު ޖެހީ ކަރީމް ބެންޒެމާ އެވެ.