ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހައިކޯޓް

ހައިކޯޓްގެ ނިންމުން ބަދަލުކޮށް، އުސޫލު އިސްލާހުކޮށްފި

ކޮވިޑް19 އާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ހައިކޯޓަށް ހުށައެޅޭ މައްސަލަތައް ކުރިއަށް ގެންދިއުމުގައި އިދާރީ ގޮތުން އަމަލުކުރާނެ އުސޫލުގެ މާއްދާއެއް ހައިކޯޓުން އިސްލާހު ކޮށްފި އެވެ.

އެއީ އިސްތިއުނާފީ މުއްދަތު ގުނާ ގޮތާ ގުޅޭ މާއްދާއެވެ. އެ މާއްދާ ހައިކޯޓުން އިސްލާހު ކޮށްފައި މިވަނީ ސުޕްރީމް ކޯޓުން އާންމު ކޮށްފައިވާ އުސޫލާއި، ހައިކޯޓުން އާންމު ކޮށްފައިވާ އުސޫލުގައި ތަފާތުތަކެއް ހުރުމުންނެވެ.

ސުޕްރީމް ކޯޓުގެ އުސޫލުގައިވާ ގޮތުން އިސްތިއުނާފީ މުއްދަތު ގުނާނީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތުގެ ދަށުން ދައުލަތުގެ އޮފީސްތައް ބަންދުކުރި ދުވަސްތައް އުނި ކުރުމަށްފަހު އެވެ. އާންމު ގޮތެއްގައި ވެސް އިސްތިއުނާފީ މުއްދަތާއި އެހެން ވެސް މުއްދަތުތައް ގުނަނީ ސަރުކާރު ބަންދު ދުވަސްތައް އުނި ކުރުމަށްފަހު އެވެ. އަދި، ކޮންމެހެން ހުށަހަޅަންޖެހޭ މައްސަލަތައް ނޫން އެހެން މައްސަލަތައް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ފިލައި ދިޔުމުން ހުށަހެޅޭނެ ކަމަށް ސުޕްރީމް ކޯޓުގެ އުސޫލުގައިވެ އެވެ. ކޮންމެހެން ހުށަހަޅަންޖެހޭ މައްސަލަތައް އީމެއިލްކޮށް ސުޕްރީމް ކޯޓަށް ހުށަހެޅެ އެވެ.

ނަމަވެސް މިދިޔަ މަހުގެ މާޗް 19 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ކޮށްފައި ވީ ނަމަވެސް އާންމު އުސޫލާ އެއް ގޮތްވާ ގޮތުގެ މަތިން އިސްތިއުނާފީ މުއްދަތު ގުނަމުންދާނެ ކަމަށް ހައިކޯޓުން ފުރަތަމަ އާންމު ކުރި އުސޫލުގައި ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުމާއި، ފާޑުކިޔުން އަމާޒުވިއެވެ.

ހައިކޯޓްގެ އިސް އޮފިޝަލަކު ވިދާޅުވީ ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ހައިކޯޓަށް ހުށައެޅޭ މައްސަލަތައް ކުރިއަށް ގެންދިއުމުގައި އިދާރީ ގޮތުން އަމަލުކުރާނެ އުސޫލުގައިވާ އިސްތިއުނާފީ މުއްދަތު ގުނުމާ ގުޅޭ މާއްދާ އިސްލާހު ކޮށްފައިވާ ކަމަށެވެ. ހައިކޯޓުން އުސޫލު އާންމުކުރީ ސުޕްރީމް ކޯޓުން އުސޫލު އާންމު ކުރުމުގެ ކުރިންނެވެ.

މިހާރު އިސްލާހު ކޮށްފައިވާ މާއްދާގައި ބުނެފައިވަނީ މި ހާލަތުގައި މައްސަލަތަކުގެ އިސްތިއުނާފު މުއްދަތު ގުނާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ދައުލަތުގެ އޮފީސްތައް ބަންދުކުރެވިފައިވާ ދުވަސްތައް އުނިކުރުމަށްފަހު ކަމަށެވެ.