ށ. ފީވަކުގައި މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ރަށުގައި އޮންނަ ކޮވިޑް-19 އިގެ ޓާސްކްފޯހުގެ ބައްދަލްވުމެއް ރޭ އެ ރަށުގައި ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ވަދެ މާރާމާރީ ހިންގާފައިވާ ކަަމަށެވެ. އަދި އެ ތަނަށް ދިޔަ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ރޭ 25 އަހަރުގެ ފިރިހެނަކު ހައްޔަރު. ކުރި އެވެ. އަދި ކޯޓް އަމުރެއްގެ ދަށުން 28 އަހަރުގެ ފިރިހެނަކު ވެސް ވަނީ ހައްޔަރު ކޮށްފައި ވެއެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުު ކުރުމުން އެކެއްގެ ބަންދަށް ހަތް ދުވަސް އަނެއް މީހާގެ ބަންދަޑސް ފަސް ދުވަސް ދިނެވެ.
މި މާރާމާރީގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ނުދެ އެވެ.