ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު ދެ ދިވެހިން ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ރާއްޖޭގައި ފަރުވާ ދެމުންދިޔަ އިތުރު ދެ ދިވެއްސަކު ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެދެމީހުންގެ ޓެސްޓު ވަނީ ޑަބަލް ނެގެޓިވް ވެފަ އެވެ.

ރާއްޖެއިން ފަސް ދިވެއްސަކު މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ތިން ދިވެއްސަކު ބަލިން ރަނގަޅުވެފައިވާއިރު މިހާރު ފަރުވާދެމުން ދަނީ ދެ ދިވެހިންނަށެވެ. މިއީ ޔޫކޭއިން އެނބުރި އައި ހަތަރު ދިވެހިންނާއި ފިލިޕީންސް އިން އައި ދިވެއްސެކެވެ.

ދުނިޔޭގައި ވެސް މިހާތަނަށް ކޮވިޑް-19 އަށް ފަރުވާއެއް ހޯދިފައި ނުވާއިރު ރާއްޖޭގައި ޖުމުލަ 20 މީހަކަށް އެ ވައިރަސް ޖެހުނެވެ. އަދި މިހާތަނަށް 14 މީހުން ވަނީ ރަނގަޅުވެފަ އެވެ.