ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހެލްތު ވޯކަރުންގެ "އެލަވަންސް ޕޮލިސީ" އެއް ހަދަނީ

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުނަށް ސްޕެޝަލް އެލަވަންސް ޕޮލިސީ އެއް އެކުލަވައި ލުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ކުރާ ހެލްތު ކެއާ ވޯކަރުނަށް އިތުރު ގަޑީގެ އޯޓީ ލިބެމުންދާނެ ކަމަށާއި، އެ ފަަރާތްތަކަށް "ސްޕެޝަލް އެލަވަންސް ޕޮލިސީ" އެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސިއްހީ ހިދުމަތްތެރިންގެ އިތުރު ގަޑިއަށް އޯޓީ ލިބެމުންދާނެ ކަމަށް ސަރުކާރުން މިއަދު ބުނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން މިދިއަ އާދިއްތަ ދުވަހު އިންޓާނަލް މެމޯ އެއް ނެރެފައިވަނި ކޮނެވެ.

އެ މެމޯގައިވާ ގޮތުން ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ރައީސް އޮފީހުން ނިންމުމާ ގުޅިގެން، މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އެލަވަންސް ދެނީ ރަސްމީ މަސައްކަތު ދުވަހުގައި ވެސް އަމަލު ކުރާ ގޮތަށް، ޑިއުޓީ ގަޑީގެ އިތުރުން މަސައްކަތް ކޮށްފައިވާ ގަޑިއަށެވެ. އެއީ، ޑޮކްޓަރުންނާއި ނަރުހުން ނަމަ ދުވާލަކު އަށް ގަޑިއިރަށްވުރެން އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތުތަކަށް އަދި އެހެނިހެން މުވަޒަފުންނަށް ދުވާލަކު ހަ ގަޑި އިރަށް ވުރެ އިތުރަށް ކުރާ ނަމަ އެވެ.

އެ ބަދަލާއެކު ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ހިމެނޭ ނަރުހުން، ޑޮކްޓަރުންގެ އިތުރުން އިދާރީ މުވަޒަފުންނަށް ވެސް މި މެމޯގެ ދަށުން މުސާރަ ކުޑަ ވާނެ ކަމަށް ބުނެ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ. އަދި، މިއީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ހައްގު މިންވަރެއް ނޫން ކަމަށް ބުނެ ހިޔާލު ފާޅުކުރަމުން ދިޔައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިން ދަނީ އިތުރު ގަޑީގައި މަސައްކަތް ކުރަމުންނެވެ. މި ދާއިރާގެ ވޮލަންޓިއަރުން ވެސް މިހާރު ދަނީ އެޗްޕީއޭއާއެކު މަސައްކަތް ކުރަމުންނެވެ.