ހަބަރު

ޒިކުރާ މިސްކިތް ސަރަހައްދުން މާދަމާ ކަަރަންޓު ކަނޑާލަނީ

ޒިކުރާ މިސްކިތް ހިމެނޭ ސަރަހައްދުގެ ކަރަންޓު ވިއުގައިގެ އަޕްޑޭޓް ކުރަން މާދަމާ ކަރަންޓު ކަނޑާލަން ސްޓެލްކޯ އިން ނިންމައިފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، ކުރިއަށް އޮތް ރޯދަ މަހު ޒިކުރާ މިސްކިތް ހިމެނޭ ސަރަހައްދުގެ ކަރަންޓުގެ ޑިމާންޑް އިތުރު ވާނެތީވެ، އެ ސަރަހައްދުގެ ކަރަންޓު ވިއުގަ އަޕްޑޭޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކަރަންޓު ވިއުގަ އަޕްޑޭޓް ކުރުމަށް މާދަމާ ހެނދުނު 6:30 އިން 8:30 އަށް އެ ސަރަހައްދުން ކަރަންޓެއް ނޯންނާނެ އެވެ.