ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮއްދިއްޕަރުން ޝައްކުވި މީހާ ނެގެޓިވް

މާލެ އަތޮޅު ކޮއްދިއްޕަރު ރިސޯޓްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްގެ ކިބައިން ކޮވިޑް-19 އިގެ އަލާމާތްތައް ފެނިގެން އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ނަމަވެސް އޭނާގެ ދެ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ބުނެފި އެވެ.

އެންއައިއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮއްދިއްޕަރު ރިސޯޓްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުން އެ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ނަމަވެސް އެ މީހާގެ ދެ ސާމްޕަލް ނެގެޓިވްވުމުން މިހާރު އެ ރިސޯޓުން މޮނިޓަރިންގެ ހާލަތު ނަގާފައިވާ ކަމަށެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައިވަނީ ދެ ރިސޯޓަކާއި ސަފާރީއެކެވެ. އެއީ ރާއްޖެއިން ފުރިފަހުން ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީ މީހާ އުޅުނު ދެ ރިސޯޓް ކަމަށްވާ ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި ރިސޯޓެވެ. މީގެ އިތުރުން މޯލްޑިވިއާނާ ސަފާރީ އެވެ.

މީގެ ކުރިން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ އައިލެންޑް ސަފާރީއާ، ސެޗަން ކޮރަލް މިހާރު ވަނީ އާންމު ހާލަތުގަ އެވެ.