ހަބަރު

އޭދަފުށި މަގުތައް ޖުލައި 15 އަށް ނިމޭނެ: އެމްޓީސީސީ

ބ. އޭދަފުށީ މަގުތަކުގެ މަސައްކަތް އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހަށް ނިންމާނެ ކަމަށް އެމްޓީސީސީން އިން ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އޭދަފުށީ މަގުތަކުގެ 64 ޕަސެންޓް ނިމިފައިވާ ކަމަށާއި އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނާ މި މަސައްކަތް ހަވާލު ކުރިއިރު ބައެއް މަސައްކަތްތަށް ހުރި އަލުން ބަލުން ކުރަން ޖެހިފައި. އެ މަސައްކަތް ވެސް އަޅުގަނޑުމެން މިހާރުވާނީ ކޮށް ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ތާރު އަޅަން ފުރަތަމަ ކޮންކްރީޓް ލޭޔާ އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެމްޓީސީސީ އާއި މި މަސައްކަތް ހަވާލު ކޮށްފައި ވަނީ މި ސަރުކާރުގަ ވެ. ހަވާލު ކޮށްފައި ވަނީ 150 ދުވަސްތެރޭގައި ނިންމާށެވެ. މި މަޝްރޫއުގެ ދަށުން އޭދަފުށީ 17 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ އެވެ.

އޭދަފުށި މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ އެމްއާރްޑީސީ އާ އެވެ. ޖުމްލަ 33 މިލިއަން ރުފިޔާ އަށް މި މަސައްކަތް އެމްއާރްޑީސީ އާއި ހަވާލުކޮށްގެން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.