ފިހާރަތަކަށް 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ދެންމެ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހޯލްސޭލް އަދި ރީޓެއިލްގެ ވިޔަފާރިތަކަށް 24 ގަޑިއިރު ޑެލިވަރީ ކުރުމުގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ކެފޭތަކާއި ރެސްޓޯރަންޓްތަކަށް ހެނދުނު 08:00 ފެށިގެން 23:00 ގެ ނިޔަލަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.
މާލެ ލޮކްޑައުން ކޮށްފައިވާއިރު ކާބޯތަކެތި ހޯދުމަށް ދަތިވެ، އެކަމުގެ ޝަކުވާ ގިނަ ބަޔަކު ވަނީ ކޮށްފައެވެ. އަދި އިއްޔެ ކާބޯތަކެތި ހޯދުމަށް ގިނަ ބަޔަކު ވަނީ ފިހާރަތައް ދޮށުގައި ކިޔު ހަދާފައެވެ.