ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަލި މީހުންނާއި ކިޔަމަން ނުވާ މީހުން ނަން ހާމަކުރެވޭނެ ގަވައިދެއް ހަދައިފި

އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ނުރައްކާތެރި ހާލަތެއްގައި ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކޮށް، އާންމުކޮށް އިއުލާނު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމަވައި އެއަށް އަމަލު ކުރަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެކުލަވާލައި "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން ކަނޑައާޅާފައިވާ ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިއުމަށްޓަކައި ވަކި ފަރާތެއްގެ ނަން ހާމަ ކުރެވޭނީ އެކަން ނުކޮށް އާއްމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ އޮތް ނަމަ އެވެ.

މި ގަވައިދުގެ (ށ)ގެ ދަށުން، މީހެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ފެނި، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް އެކަން ކުރުމުގެ ބާރު ލިބެ އެވެ. ނަން ހާމަ ކުރުމުގެ އުސޫލުގެ ދަށުން، ބައްޔެއް ޖެހިފައިވާ މީހާގެ ނަން ހާމަ ކުރުމުގެ ކުރިން ބައެއް ކަންކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ރިއާޔަތް ކުރަން ޖެހެ އެވެ.

އެގޮތުން، ނަން ހާމަ ކޮށްގެން ބަލި ކޮންޓްރޯލް ކުރުމުގެ ފފުރުސަތު އޮތް މިންވަރަށް ބެލުމާއި، ހާމަ ކުރުމުން ނިކުންނާނެ ނަތީޖާ އާއި ނަން ހާމަ ކުރުމުން މުޖުތަމައު އަށާއި އޭނާއާ ގުޅުުންހުރި މީހުންނަށް ކުރާނެ ނޭދެވޭ އަސަރު އަދި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އޮތް ފުރުސަތަށް ބަލަން ޖެހޭ ކަމަށް އުސޫލުގައި ވެ އެވެ. މީގެ އިތުރުން، ނަން ހާމަ ކުރާ ފަރާތުގެ އެއްބާރުލުން ދޭ މިންވަރަށްވެސް ބެލުމަށް އުސޫލުގައި ވަނީ ބަޔާން ކޮށްފަ އެވެ.

ގަވައިދުގައިވާ ގޮތުން އާއްމު ކުރެވޭނީ، މީހާގެ ނަމާއި، އެޑްރެހާއި، ވަޒީފާ އަދާ ކުރާ ތަނާއި، ފޮޓޯއާއި، އެ މީހާގެ ގައުމާއި، ޖެހިފައިވާ ބަލީގެ މައުލޫމާތެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، މީހެއްގެ މަރުގެ ސެޓިފިކެޓުގައި އެ މީހަކު މަރުވެފައި ވަނީ ނުރައްކާތެރި ބައްޔެއް ޖެހިގެން ކަމަށް ބުނާ ނަމަ އަދި އެ ބަލި ޖެހުނީ އެ ދުވަސްވަރެއްގައި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ބައްޔެއް ކަމަށްވާނަމަ، އެ މީހާގެ ނަން ހާމަ ކުރެވޭނެ އެވެ. އަދި ބަލި ފެތުރިދާނެތީ ކަރަންޓީނުކުރަން ނުވަތަ ނުވަތަ އެކަހެރިވާން އެންގުމާ ހިލާފުވެއްޖެ ހާލަތެއްގައި އެ މީހެއްގެ ފަރާތުން ބަލި ފެތުރިދާނެ ކަމަށް ގަބޫލު ކުރެވޭނަމަވެސް އެ މީހެއްގެ ނަން ހާމަ ކުރެވިދާނެ އެވެ.

މި ގަވައިދު އެކުލަވާލާފައި މިވަނީ މާލޭގައި ކޮވިޑް-19 ވައިރަސް ފެތުރެން ފަށާފައިވަނި ކޮންނެވެ. މިހާތަނަށް މާލެއިން އެ ވައިރަހަށް އަށް މީހަކު ޕޮޒިޓިވްވެ ރާއްޖެ ފުލް ލޮކްޑައުން އަކަށް ވަނީ އައިސްފަަ އެވެ.