ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިހާރުވެސް 100އެއްހާ ޕޮޒިޓިވް ކޭސް އުޅޭނެ ކަމަށް ލަފާކޮށްފި

ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރުވެސް 100 އާ ގާތްކުރާނެ ކަމަށް ބެލެވޭ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިރޭ ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މުޖްތަމައުގައި ބަލި އުޅޭކަން ކަމަށެވެ. މިހާތަނަށް ފެނުނީ މަދު ކޭސްތަކެއް ނަމަވެސް އެމީހުންގެ ކޮންޓެކްޓްރޭސިން ހުރި ގޮތަށް ބަލާއިރު މިހާރު ދެނެގަނެވިފައިވާ މީހުންގެ ހަ ގުނަ މީހުންނަށް ބަލި ޖެހިފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ އެ އަަަދަދު 100 އާ ހަމަކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"..މިހާރު ކޮމިއުނިޓީގައި މި ބަލި އުޅުމުގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި މި ބަލި އެބައުޅެޔޭ. އަޅުގަނޑުމެންނަށް މި ބަލި ފެނުނީ ދިހަ ވަރަކަށް ކޭސް. އެހެން ނަމަވެސް އޭގެ މާނައަކީ އޭގެ ހަ ގުނަ އުޅޭނެޔޭ އަދިވެސް ރާއްޖޭގައި. 60 ވުރެ ގިނަ 100 ވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި އުޅޭނެ ކޭސް. އެހެންވީމަ ކޮންމެ ބޭފުޅަކީވެސް ރިސްކުގައި ހުރި ބޭފުޅެއް ކަމަށް ބެލެވޭނީ. ހާއްސަކޮށް މިހާރު ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓްރޭސިން މިހާ ހައިވީމަ. އެހެންވީމަ ހުރިހާ ބޭފުޅުންވެސް ސަމާލުވެލައްވައިގެން އުޅުއްވިއްޔާ މި ނަންބަރުތައް ތިރިވާނީ"

މިހާރު ކޮމިއުނިޓީގައި މި ބަލި އުޅުމުގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި މި ބަލި އެބައުޅެޔޭ. އަޅުގަނޑުމެންނަށް މި ބަލި ފެނުނީ ދިހަ ވަރަކަށް ކޭސް. އެހެން ނަމަވެސް އޭގެ މާނައަކީ އޭގެ ހަ ގުނަ އުޅޭނެޔޭ އަދިވެސް ރާއްޖޭގައި. 60 ވުރެ ގިނަ 100 ވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި އުޅޭނެ ކޭސް. އެހެންވީމަ ކޮންމެ ބޭފުޅަކީވެސް ރިސްކުގައި ހުރި ބޭފުޅެއް ކަމަށް ބެލެވޭނީ. ހާއްސަކޮށް މިހާރު ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓްރޭސިން މިހާ ހައިވީމަ. އެހެންވީމަ ހުރިހާ ބޭފުޅުންވެސް ސަމާލުވެލައްވައިގެން އުޅުއްވިއްޔާ މި ނަންބަރުތައް ތިރިވާނީ
ޑރ. ޝީޒާ މޫސާ

ޑރ. ޝީޒާ ވަނީ ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކަކަށްވާތީ ހުރިހާ ރައްޔިތުންވެސް ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ގޮވާލާފައެވެ.

އަދި ކޮންމެ މީހަކީވެސް "ރިސްކު" ގައި ހުރި މީހެއް ކަމަށް ބަލާ ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލި ފެތުރެން ފަށައިފިނަމަ ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމަށްވެސް ޝީޒާ ވިދާޅުވިއެވެ.