ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބޭސް ސިޓީއާއެކު ލައިފް ސަޕޯޓްއިން ޑެލިވަރީ

ލައިފްް ސަަޕޯޓް ޕްރައިވެޓް ލިމިޓެޑް އަށް ބޭސްް ސިޓީ ފޮނުވުމުން ބޭނުންވާ ބޭސް ގޭގެއަށް ޑެލިވަރީ ކުރުމުގެ ހިދުމަތް ފަށައިފި އެވެ.

އެ ކުންފުނިން ބުުނީ، ބޭސް ސިޓީ އާއި އައިޑީކާޑު، ވަޓްސްއެޕް ނުވަތަ ވައިބާ އިން 7799001 އަށް ކުރުމުން ގޭ ދޮރުު މައްޗަށް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. މި ޑެލިވަރީތައް ކުރަނީ 11:00 އިން 14:00 އަށް އަދި 15:00 އިން 18:00 އަށެވެ.

ލައިފް ސަޕޯޓް އިން ފްްރީ ޑެލިވަރީގެ ހިދުމަަތް ދެނީ، މާލެ ތެރޭގަ އެވެ. އެއީ އާސަންދަ އާއެކު 200 ރުފިޔާ އިން މައްޗަށް އަރާ ބިލް ތަކަށެވެ. އެ ނޫން ގޮތެއްގައި ކުރާ ޑެލިވަރީ އެއް ނަމަ ޑެލިވަރީ ޗާޖުގެ ގޮތުގައި 20 ރުފިޔާ ނަގަ އެވެ. ލައިފް ސަޕޯޓްގެ އޯޑަރުތައް 24 ގަޑިއިރު ނަގަ އެވެ.

މާލޭގައި ކޮވިޑް-19ގެ ކޭސްތައް ފެނި މިހާރު ވަނީ މުޅި ރާއްޖެ ލޮކްޑައުން ކޮށްފަ އެވެ. ފިހާރަތަކާއި ރެސްޓޯރަަންޓުތަކުން ޑެލިވަރީގެ ހިދުމަތް ފަށާފައިވާއިރު ބޭސް ފިހާރަތަކުންވެސް ދަނީ އާއްމުން ބޭނުންވާ ބޭސްތައް ޑެލިވަރީ ކުރުމަށް ނިކުންނަމުންނެވެ.