ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޖީއެމްއެޗް

ބަލި މީހުން ވެންޓިލޭޓަރުން ނަގާ ވާހަކަ ދޮގުކޮށްފި

ކޯވިޑް_19 އާއި ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާގީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫ ގައި ތިބި ޕޭޝަންޓުން ވެންޓިލޭޓަރުން ނައްޓާލަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ އައިސީޔޫ ގައި ތިބި ޕޭޝަންޓުން ވެންޓިލޭޓަރުން ނައްޓާލައި ، ޓްރެކިއޯސްޓޮމީ ހެދުމައް ހޮސްޕިޓަލުން އެދެމުން ދާކަމަށް ބުނެ ބަޔަކު ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"..ނަމަވެސް ދިގު މުއްދަތަކަށް ވެންޓިލޭޓާގެ އެހީ ބޭނުންވާ ޕޭޝަންޓުންގެ ޓްރެކިއޯސްޓޮމީ ހެދުމަކީ އަބަދުވެސް ކުރާކަމެއް."

އެ ހޮސްޕިޓަލުން ވަނީ މިފަދަ ނާޒުކު ވަގުތެއްގައި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ.

ކޯވިޑް-19 އާ މިހާތަނަށް މާލެއިން 14 މީހަކު ޕޮޒިޓިވެފައިވާއިރު އެ ބައްޔަށް ރާއްޖޭގައި 17 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ކޯވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ބޭނުންވާއިރު ގިނަ އަދަދެއްގެ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ނަމަވެސް ދުނިޔޭގެ ދަތުރުފަތުރު ހުއްޓިފައިވާތީ އެކަން ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.