ލޭ ހަދިޔާ ކުރުން

ލޭ ނުލިބޭ މައްސަލަ ހައްލެއް ނުވޭ: އެމްބީއެސް

Apr 19, 2020
1

ލޭ ހޯދުމުގައި މިހާރު ދިމާވެފައިވާ ދައްޗަށް އަދިވެސް ހައްލެއް ނުލިބޭ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން ބުނެފި އެވެ.

މިދުވަސްވަރު ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދަތިތަކެއް ދިމާވެ އާންމުންގެ އެހީތެރި އެމްބީއެސް އިން ވަނީ އެދިފައެވެ. މިއީ އެ ސާވިސަސް އިން އެކަމަށް އެދުނު ތިންވަނަ ފަހަރެވެ.

އެމްބީއެސްއިން ބުނީ މިހާރު އެ ސާވިސްގައި ލޭ ހުރީ ވަަރަށް މަދުން ކަމަށާއި ހާއްސަކޮށް އޯ ޕޮޒިޓިވް އާއި ބީ ޕޮޒިޓިވް ލޭ ހުރި މިންވަރު ވަރަށް މަދު ކަމަށެވެ. އެހެން ކަމުން ލޭ ހަދިޔާ ކުރުމަށް އެމްބީއެސްއިން ވަނީ އެދިފަ އެވެ.

ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ވެސް ލޭ ހަދިޔާ ކުރެވެ އެވެ. އެގޮތުން ހެދުނު 8:00 ފެށިގެން މެންދުރު ފަހު 15:00 އަށް ލޭ ހަދިޔާ ކުރެވޭނެ އެވެ.

މިދުވަސްވަރު ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދަތިތަކެއް ދިމާވެ އާންމުންގެ އެހީތެރިކަމަށް ކުރިން އެދުމުން ބައެއް މީހުން ދަނީ ލޭ ހަދިޔާ ވެސް ކުރަމުންނެވެ.