ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރީގެ ކެޑޭޓުން ރަޖިސްޓަރީވާން ގޮވާލައިފި

ކޮވިޑް-19 އާއި ގުޅިގެން ހިންގާ އެކި އެކި އޮޕްރޭޝަންތަކަށް ގައުމީ ކެޑޭޓް ކޯގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިހުގެ ކެޑޭޓުން ރެޖިސްޓްރީ ވާން ދިވެހި ރާއްޖޭގެ ގައުމީ ކެޑޭޓް ކޯ އިން ގޮވާލައިފި އެވެ.

ގައުމީ ކެޑޭޓް ކޯ އިން ބުނީ 1995 ވަނަ އަހަރުން ފެށިގެން ކެޑޭޓް ހަރަކާތުގައި އުޅެފައިވާ އުމުރުން 18 އަހަރުން މަތީގެ ހުރިހާ ކެޑޭޓުންނާއި ބޭންޑް ކެޑޭޓުން އެ ޖަމިއްޔާގައި ރަޖިސްޓްރީވާން އެދޭ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ހިންގާ އެކި އެކި އޮޕަރޭޝަން ތަކުގައި ބައިވެރިވުމަށް އެކި މުއައްސަސާތަކުން ވަނީ އެ މުއައްސަސާތަކުގައި މީގެ ކުރިން އުޅެފައިވާ ފަރާތްތަކަށް ގޮވާލާފަ އެވެ. އެގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންވެސް ވަނީ މީގެ ކުރިން ސިފައިންގެ ހިދުމަތްުގައި މަސައްކަތް ކުރި ފަރާތްތަށް ވެސް އަލުން ހިދުމަތަށް ނކުތުމަށް ގޮވާލާފަ އެވެ.

ރައްޔިތުންނަށް ބޭނުންވާ ތަކެތި ޑެލިވަރީ ކުރުމުގައި އެހީތެރިވުމަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތަށް ހޯދުމަށް ޔޫތު މިނިސްޓްރީން ވެސް ވަނީ އިުލާން ކޮށްފަ އެވެ.