ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަލި ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފި

May 26, 2020

ކޮވިޑް-19 ބަލި ނެތް ރަށްރަށުގައި ކުޅިވަރު ކުޅެ އުޅުމުގެ ހުއްދަ ދޭން ޔޫތް މިނިސްޓްރީއިން ނިންމައިފި އެވެ.

ޔޫތް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަަށްރަށުގެ ޒުވާނުން ކުޅިވަރު ކުޅުމުގެ ހުއްދައަށް އެދެމުންދާ ކަމަށެވެ. އެހެންވެ ޓްގްގެ ލަފާ ހޯދާފައިވާ ކަމަށެވެ. ޓެގްއިން ލަފާ ދީފައިވަނީ، ބަލި ނެތް ރަށްރަށުގައި މޮނީޓަރިން ހާލަތުން ނެގިތާ 14 ދުވަސް ވެފައިވާ ރަށްރަށުގައި ކުޅިވަރު ކުޅެ އުޅުމުގައި އިއުތިރާޒެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު އެއްވެ ކުޅޭ ކުޅިވަރުތަކާއި އެފަދަ އެއްވުންތަކަށް ހިތްވަރު ނުދޭ ކަމަށާއި އަދި ގައިދުރުކުރުން އިސްކުރުމަށް ވެސް ޓެގްއިން ޔޫތް މިނިސްޓްރީއަށް ލަފާ ދީފައިވެ އެވެ.

ރަށްރަށުގައި އާންމުކޮށް ކުޅިވަރު ކުޅެ އުޅުން މަނާ ކުރީ މާލޭގައި ކޮވިޑް-19 ބަލި ފެތުރުމާއެކު އެވެ.

މިހާރު ސަރުކާރުން ވަނީ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމަށް ނިންމާފަ އެވެ. އެގޮތުން ބަލި ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. މީގެއިތުރުން ވެސް ފިޔަވަހިތަކަށް ބަހާލައިގެން މާލެއަށް ވެސް ލުއިތައް ދެމުންދާނެ ކަމަށް ވަނީ ބުނެފަ އެވެ.