މިނިސްޓްރީ އޮފް ޖެންޑާ ފެމިލީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޟައުފިޝާން އަބްދުﷲ ކަމާލުއްދީން އައްޔަން ކުރައްވައިފި އެވެ.
ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިއަދު ހެނދުނު އެވެ.
އޭނާއަކީ ވަނީ 2002 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް ސިއްހީ ދާއިރާގެ އެކި މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ކަމުގެ މަގާމުގަ އެވެ. އެ މުއްދަތުގައި، 2016އި ން ފެށިގެން ޒިންމާދަރު އިސްވެރިޔާގެ މަގާމު ވެސް އަދާ ކުރެއްވި އެވެ.