ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އުލިގަމު މީހާ ޕޮޒިޓިވްކަން އެޗްޕީއޭއިން ހާމަކޮށްފި

ހއ. އުލިގަމުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ހާމަކޮށްފި އެވެ. ޕޮޒިޓިވްވެފައިވަނީ އެ ރަށުން މާލެ އަައުމަށްފަހު މި މަހުގެ 15 ވަނަ ދުވަހު އަނބުރާ އެ ރަށަށް ދިޔަ ދިވެއްސެކެވެ. އޭނާއާ އެއް ބޯޓެއްގައި ދިޔަ މީހުން ވެސް މިހާރު ވަނީ އެކަހެރިކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މި މަހުގެ 15 ވަނަ ދުވަހު ހެނދުނު މާލެއިން ގޮސްފައިވަނީ ހއ. އިހަވަންދޫގެ ކަނޑު ބޯޓެއްގަ އެވެ. އެހެންވެ، އެ ބޯޓުގައި އެކި ރަށްރަށަށް ދިޔަ މީހުން ތިބިއިރު މިހާރު ވަނީ ހަތް ރަށެއް މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.

މިއީ މާލެއިން ބޭރުން، މީހުން ދިރިއުޅޭ ރަށަކުން ކޮވިޑް-19 ޖެހިފައިވާ މީހެއް ފެނުނު ފުރަތަމަ ފަހަރެވެ. އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ.

މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް މީހެއް ފެނުނީ ވެސް މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު މެންދުރުފަހު މާލެ ލޮކްޑައުންކުރި އެވެ. އަދި މިހާރު ވަނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ނުދެވޭ ގޮތަށް މުޅި ރާއްޖެ ލޮކްޑައުންކޮށްފަ އެވެ.

މިހާތަނަށް ކޮވިޑް ޖެހިފައިވާ މީހުންނަށް ބަލާއިރު މާލެއިން ފެނިފައިވަނީ 31 މީހުންނެވެ. އެއީ 14 ދިވެހިންނާއި ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ ދެ މީހެކެވެ.

މުޅި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 52 އަކަަށް އަރާފަ އެވެ. އޭގެ ތެރެއިން ފަރުވާދެމުން ދަނީ 36 މީހަކަށެވެ. ބަލިން 16 މީހަކު މިހާތަނަށް ރަނގަޅުވެފައިވެ އެވެ. އޭގެ ތެރެއިން ރިސޯޓްތަކުން ޕޮޒިޓިވްވި ޓޫރިސްޓުން ހިމެނެ އެވެ.