ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޭޝަންޓުންގެ ފޮޓޯ އާންމު ކުރާނަމަ ފުލުހަށް

Apr 19, 2020
1

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް އެ މީހުންގެ ޒާތީ މައުލޫމާތުތައް ހާމަ ކުރާނަމަ، އެފަދަ މީހުންގެ މައްސަލަތައް ފުލުހަށް ހުށަހެޅާނެ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ދީފި އެވެ.

އާންމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޭޝަންޓުންގެ ފޮޓޯތައް ސޯޝަލް މީޑިއާގަ އާއި އެކި ގޮތްގޮތަށް އާންމު ކުރުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި، ބައެއް ފަހަރަށް ތުހުމަތުތަކާއެކު އާންމު ކޮށްފައި ހުންނަނީ ބަލި ނުވެސް ޖެހޭ މީހުންގެ ފޮޓޯތައް ކަން ވެސް ނަޒްލާ ފާހަގަ ކުރެއްވި އެވެ.

"އެފަދަ ކަންކަން ކުރާނަމަ އަޅުގަނޑުމެންނަށް ޖެހޭނީ އެ މީހަކު ގޮވައިގެން ފުލުހަށް ދާން،" ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ޕޭޝަންޓުންގެ ފޮޓޯ އާއި ޒާތީ މައުލޫމާތު އެޗްޕީއޭއަށް ވެސް އާންމު ކުރެވެން އޮންނަނީ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ގަވައިދެއް ހަދައިގެނެވެ. އަދި އެ ގަވައިދު މިހާރު ވަނީ އެކުލަވާލައިފަ އެވެ. ގަވައިދުގައިވާ ގޮތުން އެ މައުލޫމާތު ހާމަ ކުރެވޭނީ ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް އެކަންޏެވެ.

"މާދަމާ ތިޔަ ބޭފުޅާ ބޭނުންވާނެތޯ މިއީއޭ ޕޮޒިޓިވްވި މީހާއަކީ ކިޔާފައި ތިމާގެ ފޮޓޯ އެ ގޮތަށް ޝެއާ ކުރަން، އެހެންވީމަ ކީއްވެގެންތޯ އެހެން މީހުންނަށް އެގޮތަށް ހަދަންވީ؟" ނަޒްލާ އެއްސެވ އެވެ.

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި އާންމު ކުރާ މައުލޫމާތުތައް ގޮތްގޮތަށް ތަރުޖަމާކޮށް މައުލޫމާތު އޮޅޭ ގޮތަށް ފަތުރާތީ ވެސް ނަޒްލާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އެގޮތުން އެއްބާރުލުން ނުދޭ ކަމަށް ބުނެ ޑރ. ނަޒްލާ ވަކި ފަރާތެއް ފާހަގަ ކުރެއްވި ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާ އާއި ބައެއް މީޑިއާތަކުގައި ހަބަރު ފެތުރިކަން ފާހަގަ ކުރެއްވި އެވެ. އެ ގޮތްގޮތަށް އަމަލު ނުކުރަން ވެސް ނަޒްލާ އެދިވަޑައިގެންނެވި އެވެ.