ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސިއްހީ ހިދުމަތްތެރިން ގެއިން ނިކުންނަން އަންގާ، ފުރައްސާރަ އެބަކުރޭ: ޔޫނިއަން

Apr 20, 2020
9

ސިއްހީ ހިދުމަތްތެރިންނަށް ބައެއް ފަރާތްތަކުން ފުރައްސާރަ ކުރަމުން އަންނަ ކަމަށް ސިއްހީ ހިދުމަތްތެރިން ތަމްސީލް ކުރާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފި އެވެ.

އެމްއެޗްޕީޔޫ އިން ކުރި ޓުވީޓެއްގައި ބުނީ ބައެއް ގޭގޭގެ އިމާރާތްތަކުގެ ވެރިން ވެސް އަދި މުޖުތަމައުގެ ތެރެއިން ވެސް ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ކުރަމުންދާ ކަމަށާއި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އެތައް ގުރުބާނީތަކެއް ވަމުންދާއިރު މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމްއެޗްޕީޔޫ އިން ކުރި ޓުވީޓް

"ގެއިން ނުކުތުމަށް އެންގުން... ރަނގަޅީ ވަޒީފާއަށް ނުދިއުން ކަމުގައި ބުނުން... ނުދާން އެންގުން, މިއީ މި ޕެންޑެމިކްގައި މަސައްކަތްކުރަން ނުކުންނަ ހިދުމަތްތެރިންނަށް ދިމާވަމަމުންދާ ކަންކަން, މިކަމަކީ، އެމީހުންގެ ނަފްސާނީ ދުޅަ ހެޔޮކަމަށް އަސަރުކުރުވާ ކަންކަން," އެމްއެޗްޕީޔޫ އިން ބުންޏެވެ.

އެ ޔޫނިއަން އިން ބުނީ ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަން ކަށާވަރު ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ފުރައްސާރަތަކުން އެ ފަރާތްތައް ރައްކާތެރިކުރުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް ކަމަށް ވެސް އެމްއެޗްޕީޔޫ އިން ބުންޏެވެ.