ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހަނދު ސާބިތު ކުރުން ބުދަ ދުވަހު

ކުރިއަށް އޮތް ރޯދަ މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތު ކުރަން ހެކިބަސް ދިނުން ބުދަ ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

މާލޭގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަށް ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައި ވަނީ މާލޭގެ ކޯޓެއްގެ ގާޒީ އެއްގެ ކުރިމަތީގަ އެވެ. އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރި މަތީގަ އެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނުގައި ބުނީ މި ދުވަސްވަރަކީ ކޮވިޑް-19 އާ ގުޅިގެން އޮފީސްތައް ނުހުޅުވާ ދުވަސްތަކަކަށް ވާތީ، ހަނދު ފެނިއްޖެކަމަށް ހެކިބަސް ދޭން ބޭނުންވާނަމަ، ރަށެއްގައި ނަމަ އެ ރަަށެއްގެ މެޖިސްޓްރޭޓު ކޯޓުން އާއްމުކޮށްފައިވާ ގޮތަށް އަަމަލުކޮށް ހެކިބަސްދެއްވުމަށެވެ. މާލޭގައި ނަމަ، ޑީޖޭއޭގެ 7704777 ނަންބަރަށް ގުޅުމަށްފަހު އެ މައުލޫމާތު ހިއްސާކުރާ ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަަތިން މާލޭގެ ގާޒީއެއްގެ ކުރިމަތީގައި ދިނުމަށް ވަނީ އެދިފަަ އެވެ.

ހަނދު ސާބިތު ކުރުމަށް ހެކިބަސް ނެގުން އޮންނަނީ ބުދަަ ދުވަހު ހަވީރު 06:00 އިން 07:30 އަށެވެ.

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ހަނދުހުރި އުސް މިނާއި، މިސްރާބާއި އެ ނޫންވެސް އެފަދަ މުހިންމު މައުލޫމާތު ދޭންޖެހެ އެވެ. ހަނދާބެހޭ ގޮތުން، ގޮތެއް ނިންމާނީ ހަނދާބެހޭ ކޮމެޓީގެ ޖަަލްސާއަށް ފަހުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކުވެސް ހަނދާއި ބެހޭ ގޮތުން ގޮތެއް ނިންމުމުގެ ބައްދަލުވުމުން އިސްލާމީ މަރުކަޒުގައި ބާއްވަމުން އަންނަ އިރު ހަނދު ސާބިތު ކުރުމުގައި އިސްލާމީ އެހެން ގައުމުތަކުން ހަނދާބެހޭ ގޮތުން ނިންމާ ނިންމުމުގެ މައްޗަށް ރިއާޔަތް ކުރެ އެވެ.

ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާވެސް އަވަހަކަށް އެކަމުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަަކަށް ދިނުމަށް ޑީޖޭއަށް އިން ވަނީ އެދިފަ އެވެ.