ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ބޭރުގައި އުޅޭ ވަގުތު މާސްކު އަޅަން އިރުޝާދު ދީފި

ބޭރުގައި އުޅޭ ވަގުތު މާސްކު އަޅަން އިރުޝާދު ދީފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގެ މި ރޭގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ބޭރުގައި އުޅޭއިރު މާސްކް އެޅުމަކީ މުހިންމު ކަމެއް ނޫން ކަމަށް ކުރިން އަންގަމުން އައީ މާލޭގައި އޭރު ބަލި ފެތުރިފައި ނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު މި އޮތީ ހާލަތު ބަދަލުވެފައި ކަމަށެވެ. އެހެން ކަމުން ކޮންމެހެން ނުކުންނަން ޖެހިގެން ބޭރަށް ނުކުންނަ ނަމަވެސް މާސްކް އެޅުން މިހާރު މުހިންމު ވެފައިވާ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެން ދަންނަވާފައިވާނީ އަދި މާސްކް އަޅާކަން ނުޖެހެއޭ. އަދި އެ ވަގުތެއް ނާދެއޭ! އެއީ އޭރު މާލެތެރެއަކު މި ބަލި ފެތުރިފައެއް ނެތް. މިހާރުވެސް ބަލި ފެތުރުނަ ނުދޭން އަޅާ އެންމެ މުހިންމު ފިޔަވަޅަކީ ގޭގައި ތިބުން. އަދި މިހާރު ކޮންމެހެން ނިކުންނަންޖެހިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން ނިކުންނަވާއިރު މާސްކް އެޅުމަކީ ވަރަށް މުހިންމު ކަމެއް." ލަތީފް ވިދާޅުވި އެވެ.

މާލެ އޮތީ 14 ދުވަހުގެ ލޮކްޑައުންއެއްގަ އެވެ. ގެއިން ބޭރަށް ނިކުތުމަކީ މަނާކަމެކެވެ.