ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕޮޒިޓިވް މީހުންގެ ތެރޭގައި ސިފައިންގެ މީހެއް

ރާއްޖޭގައި މިފަހުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މީހަކު ހިމެނޭ ކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތަފްސީލްތައް ހާމަ ކުރައްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ 61 ވަނަ ކޭސްއަކީ އެމްއެންޑީއެފްގެ އޮފިސަރެއް ކަމަށެވެ.

އެކަމާ ބެހޭ ގޮތުން ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ ސިފައިންގެ މީހަކީ ސީދާ ފްރަންޓްލައިންގައި އުޅުނު މީހެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފު ނުވާ ކަމަށާއި މިހާރު ކުރިޔަށް ދަނީ އޭނާއާ ގުޅޭ ކޮންޓެކްޓްތައް ޓްރޭސް ކުރުމުގެ މަސައްކަތް ކަމަށެވެ.

"އެމްއެންޑީއެފް ޕޮލިސް އަދި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ބޭފުޅުންނަށް ބޭނުންވާ ޕްރޮޓެކްޓިވް އިކުއިޕްމަންޓުތައް ވަނީ ގެނެސްފައި އަދި އެތަކެތި އެ ފަރާތްތަކަށް ލިބޭނެ. އަދި ފްރަންޓް ލައިންގަިއ މަސައްކަތް ކުރާ މީހުން ވަކި އެކަޑޭޝަންގައި ތިބޭނެ ގޮތް ވަނީ ހަމަޖައްސާފައި," މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދުވަނީ 83 އަކަށް އަރައިފަ އެވެ.