ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އުލިގަމު މީހާއާ ކޮންޓެކްޓްވި މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19އަށް އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ އެވެ. މި މީހާއަކީ މީގެކުރިން ހއ. އުލިގަމުން ޕޮޒިޓިވްވީ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އޭނާ މިވަގުތު ހުރި ތަނެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ. މި މީހާއެކު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 64 އަކަށް އެރީ އެވެ.

އުލިގަމުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ކަނޑު ބޯޓެއްގައި ފުރައިގެން އުލިގަމަށް ދިޔަ ދިވެއްސެކެވެ. އޭނާ ދަތުރުކޮށްފައިވަނީ ހއ. އިހަވަންދޫ ކާވިއާ ބޯޓުގަ އެވެ.

ކާވިއާ ބޯޓަކީ ހދ. އަދި ހއ.ގެ ގިނަ ރަށްތަކަށް ދަތުރު ކުރާ ބޯޓެކެވެ. އެހެންވެ އެ ބޯޓު މަޑުކޮށް މީހުން ބޭލި ގިނަ ރަށްތަކެއް މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ. އަދި ބޯޓުން ދަތުރުކުރި މީހުން ވަނީ އެކަހެރިކޮށްފަ އެވެ.

މި މީހާ (ޕޭޝަންޓް 84)އަކީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 17 ވަނަ މީހާ އެވެ. މިއަދު މިހާތަނަށް ހަތް ބިދޭސީއަކާއި 10 ދިވެއްސަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެތެރޭގައި 80 އަހަރުގެ މީހަކު ވެސް ހިމެނެ އެވެ.

ދެން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ބެންކް އޮފް ސިލޯންގެ މުވައްޒަފަކާއި އެމްއެޗްއޭ ފިހާރައިގެ މުވައްޒަފަކާއި ސިފައިންގެ މީހަކާއި މިއަދު ބަންގްލަދޭޝްއަށް ފުރަން ހަމަޖެހިފައިވާ ދެ ބިދޭސީއަކު ހިމެނެ އެވެ.