ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސިފައިންގެ މީހާގެ ގިނަ ކޮންޓެކްޓަކީ ސިފައިން

މިއަދު ކޮވިޑް-19 އަށް ޕޮޒިޓްވިވި ސިފައިންގެ މީހާއާ ޑައިރެކްޓް ކޮންޓެކްވި 41 މީހަކު ފާހަގަ ކުރެެވިފައިވާ ކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުން ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި 61 ވަނަ ކޭހަކީ އެމްއެންޑީއެފްގެ އޮފިސަރެއް ކަމަށެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު 41 ކޮންޓެކްޓް ފެނިފައިވާ ކަމަށެވެ.

އަފްޒަލް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ސިފައިން ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަަމަށާއި އެހެން ކަމުން އެމްއެންޑީއެފްގެ ހުރިހާ ސްޓާފުން ވެސް މަސައްކަތް ކުރާނީ ފްރަންޓްލައިންގައި ކަމަށެވެ. އެހެންވެ ޕޮޒިޓްވްވި އެ މީހާއާ ގިނަ ބަޔަކު ކޮންޓެކްޓްވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިހާތަނަށް ފާހަގަ ކުރެވުނު ގިނަ މީހުންނަކީ ވެސް ސިފައިންގެ މީހުންނަށްވުން ވަރަށް ގާތް ކަމަށެވެ.

"އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުން އެބޭފުޅާ ހުރި ތަނުގެ ޑައިރެކްޓް ކޮންޓެކްޓަށް ވާތީ 'އިޓްސް މޯސްޓް ލައިކްލީ' އެއީ އެމްއެންޑީއެފްގެ ބޭފުޅުންނަށް ވުން."

އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވި ސިފައިންގެ މީހާއާ ކޮންޓެކްޓްވީ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން ގެންދާ ކަމަށާއި މާދަމާ އޭގެ ފުރިހަމަ ތަފްސީލް ހާމަ ކުރާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދުވަނީ 84 އަކަށް އަރާފަ އެވެ. އޭގެ ތެރޭގައި ދުވަސްވީ މީހަކާއި، ކުޑަކުދިން ވެސް ހިމެނެ އެވެ. ދުވަސްވީ މީހާގެ ހާލު ދެރަ ކަމުން އޭނާއަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ.