ރޯދަ މަހުގެ ހަނދު ސާބިތު ކުރުމާއި ބެހޭގޮތުން ބާއްވާ ބައްދަލުވުން މިރޭ އޮންނާނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހަނދު ސާބިތު ކުރުމާއި ބެހޭގޮތުން ބާއްވާ ބައްދަލުވުން މިރޭ 8:30 ގައި ބާއްވަން އޮންނާނެ ކަމަށާއި ބައްދަލްވުން ޓީވީތަކުން ލައިވް ކުރާނެ ކަމަށެވެ. އަދި އެ ޖަލްސާއަށްފަހު ހަނދާބެހޭ ގޮތުން ފަތުވާ މަޖިލީހުން ހަނދާބެހޭ ގޮތުން އިއްވާ ބަޔާން ވެސް އިއްވާނެ އެވެ.
މާލޭގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަށް ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައި ވަނީ މާލޭގެ ކޯޓެއްގެ ގާޒީ އެއްގެ ކުރިމަތީގަ އެވެ. އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރި މަތީގަ އެވެ.
ޑީޖޭއޭ އިން ބުނި ގޮތުގައި ހަނދު ފެނިގެން ހެކިބަސް އަދާ ކުރަން ބޭނުންވާނަމަ، ރަށްރަށުން ރަަށެއްގެ މެޖިސްޓްރޭޓު ކޯޓުން އަންގާފައިވާ ގޮތަށް އަަމަލުކޮށް ހެކިބަސްދޭނީ އެވެ. މާލޭގައި ނަމަ، ޑީޖޭއަށް ގުޅުމަށްފަހު ގާޒީއެއްގެ ކުރިމަތީގަ އެވެ.