ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްވެސް ވަގުތީ ހިޔާއަށް

ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްވެސް ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ ކޯވިޑް19އާ ގުޅިގެން ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޣާޒީ ސްކޫލާއި ރެހެންދި ސްކޫލް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެ މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ އެހީތެރިކަމާއެކު ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މާލޭގައި އިމާދުއްދީން ސުކޫލްވެސް ވަނީ ވަގުތީ ހިޔާއަކަށް ބަދަލުކޮށްފައެވެ. އަދި މިހާރު އިމާދުއްދީން ސްކޫލާއި ޣާޒީ ސްކޫލް ވަނީ ވަގުތީ ހިޔާގެ ގޮތުގައި ބޭނުންކުރަން ފަށާފައި ކަމަށްވެސް ބުންޏެވެ.

ކޯވިޑް19އާ ގުޅިގެން ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމުގެ މަަސައްކަތް ޖެންޑާ މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން ކުލި ނުދެއްކިގެން ގެއަކުން ނެރުނު ދެ ކުދިންނަށް އެ މިނިސްޓްރީން ވަނީ ހިޔާވަހިކަން ހޯދާދީފައެވެ.

އަދި މަގުމަތީ އުޅެމުންދިޔަ އެތައް ބަޔަކަށްވެސް ވަގުތީ ހިޔާތަކުން ރައްކާތެރިކަން ވަނީ ދީފައެވެ.