ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާނުން މިހާރު ބަލި ކޮންޓްރޯލް ކުރެވި ލޮކްޑައުން ނަގައި ރަށް ހުޅުވާލުމާއެކު އެ ރަށުގައި އެންމެ ބާރު ބޮޑުވީ މެޓްރިމޯނިއަލް ވެބްސައިޓް ތަކަށެވެ. ކައިވެނިކުރަން ބޭނުންވެފައި ތިބި މީހުން އެންމެ ވަގުތުކޮޅެއް ވެސް އިތުރަށް ކައިވެނި ނުކޮށް ތިބެން ބޭނުން ނުވާކަން މިކަމުން ހާމަވި އެވެ.
ޗައިނާގެ މައިކްރޮބްލޮގިން ވެބްސައިޓް ވީބޯއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޗައިނާގެ ޓެކް ޕްލެޓްފޯމް އަލިޕޭ އިން ހިންގާ ކައިވެންޏަށް އެދި ފޯމު ހުށަހަޅާ ސިސްޓަމަށް 300 ޕަސެންޓް އިތުރު ރިކްއެސްޓްތައް ލިބި ސިސްޓަމަށް ބާރު ބޮޑުވެގެން ގޮސް ވެބްސައިޓް ކްރޭޝްވެ ޚިދުމަތް މެދުކެނޑުނެވެ.
އަލިބޭ އިން އިއުލާން ކޮށްފައިވާ ގޮތުގައި އެހެން މީހުން ދަރިންނަށް ކިޔާފައިވާ ނަންނަން ހޯދައި ދިނުމުގެ ޚިދުމަތް ވެސް މިހާރު އެ ތަނުން ދޭނެ އެވެ.
ވީޗެޓް ފިޔަވައި އަލިޕޭ އަކީ ޗައިނާގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ ޕޭމަންޓް ޕްލެޓްފޯމް ތަކެވެ. ވޫހާންގައި ކައިވެނި ރަޖިސްޓްރީކޮށްދިނުމުގެ ކަންތައް ފެބްރުއަރީ އަދި މާޗް މަހު އޮތީ ސަސްޕެންޑް ކޮށްފަ އެވެ. އެއީ 76 ދުވަސް ވަންދެން އެ ރަށް ލޮކްޑައުން ކޮށްފައި އޮތީމަ އެވެ.
ކާވް ފްލެޓް ކުރުމުގައި ޗައިނާއިން ކާމިޔާބު ހޯދާފައި ވިޔަސް އަދިވެސް މަދުމަދުން ނަމަވެސް އެ ގައުމުން ކޮވިޑް-19 އިގެ ބަލި މީހުން ދަނީ ފެންނަމުންނެވެ. ބަލީގެ އަލާމާތެއް ނުފެނި ވެސް ގިނަ ބަޔަކު ދަނީ ޕޮޒިޓިވް ވަމުންނެވެ.