ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެފްއޭއެމް

އެފްއޭއެމްގެ ދެއްކި ނަމޫނާއަށް ފީފާގެ ތައުރީފް

ކޮރޯނާ ވައިރަސްއާ ގުޅިގެން، ލޭ ލިބުން ދަތިވި ވަގުތު، އެފްއޭއެމްގެ އިސްވެރިންނާއި ފުޓްބޯޅަ އާއިލާއިން ލޭ ހަދިޔާ ކުރުމަށް އިސް ނެގުމުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އެކަމުހެ އަގު ވަޒަން ކޮށްފި އެވެ.

ކޮވިޑް-19 ގެ ހާލަތުގައި، ލޭލިބުން ދަތިވެފައިވާ ކަމަށް ތެލްސީމިއާ ސެންޓަރުން ފާހަގަ ކުރުމުން، އެފްއޭއެމްގެ އިސްވެރިންނާއި ފުޓްބޯޅަ އާއިލާގެ ބައެއް ބޭފުޅުން ނުކުމެ ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު، އަދި ޑެޕިއުޓީ ޖެނެރަލް ސެކެޓްރީ އަލީ އުމަރު ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ. އޭގެ އިތުުރުން ކުޅުންތެރިންނާއި ކުލަބުތަކުގެ އޮފިޝަލުން އަދި ކުޅުންތެރިންގެ އާއިލާގެ ބައެއް މެންބަރުން ވެސް މި ހަރަކާތުގައި ލޭ ހަދިޔާ ކޮށްފައި ވެއެވެ.

އެފްއޭއެމްގެ މަސައްކަތް ފާހަގަ ކޮޮށް، ފީފާއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މުޅި ދުނިޔޭގައި ވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ލޭ ލިބުން ދަތިވުމަކީ ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ.

"މިހާލަތުގައި ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިސްނަގައިގެން ވަނީ ލޭ ހަދިޔާ ކޮށްފަ،" ފީފާ އިން ބުނެފައި ވެއެވެ. "ކުޅުންތެރިންނާއި މުވައްޒަފުން އަދި ރައީސް [ބައްސާމް] އާއި ޖެނަރަލް ސެކެޓްރީ [ހުސައިން ޖަވާޒު] ވެސް ވަނީ ލޭ ހަދިޔާ ކޮށްފަ."