ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހާލު ޖެހުނު މީހުނަށް ތިން ޖަމިއްޔާއެއްގެ އެހީ

Apr 23, 2020

ކޮވިޑް-19 އާ ގުޅިގެން އެކި ސަބަބުތަކާ ހުރެ، ހާލުގަ ޖެހި ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް އެހީވާން ތިން ޖަމިއްޔާ އަކުން ނިންމައިފި އެވެ.

ހާލުގަ ޖެހިގެން ސަރުކާރުން ބަލަހައްޓަމުން ގެންދާ 500 އެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދޭން ނިންމާފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ތަމްސީލް ކުރާ ޖަމިއްޔާ ކަމަށްވާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ އިތުރުން ކޮކާކޯލާ މޯލްޑިވްސް އިންނެވެ.

ހާލުގަ ޖެހިފައިވާ މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން ބިދޭސީން ވެސް ހިމެނެ އެވެ. މި ޖަމިއްޔާތަކުން ބުނީ މި ފަރާތްތަކަށް އެއްވެސް ތަފާތު ކުރުމެއްނެތި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޖަމިއްޔާ ތަކުން ވަނީ ސަލްސާ ކޭޓަރިންގެ އެހީތެރިކަމާއެކު މި ކަމަށް ހާއްސަ ބަދިގެއެއް މާލެއިން ހޯދާފަ އެވެ. އަދި ހުޅުމާލެ އިން ވެސް ހާއްސަ ބަދިގެއެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.