ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

189 ގޭބީސީއާއި ކްލިނިކް، ފިހާރަތަކެއް މޮނިޓަރިންގައި

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުން މިހާތަނަށް 189 ގޭބީސީއެއް މޮނިޓަރިންގެ ހާލަތުގައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު 95 އަރާފައިވާއިރު އެ އަދަދު އިތުރުވިޔަ ނުދީ ހިފެހެއްޓުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބަލި މީހުންނާ ގުޅުންހުރި ގޭބީސީތަކާއި އެމީހުން ގޮސްފައިވާ ތަންތަންވެސް ބަންދުކޮށް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ.

އެޗްޕީއޭއިން ބުނީ މިއަދުގެ މިހާތަނަށް 189 ގޭބީސީއެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ ގިނަ އަދަދެއްގެ ގޭބީސީ ހިމެނެ އެވެ. އަދި އަތޮޅުތަކުގެ ބައެއް ރަށްރަށުގެ ގޭބީސީތައް ވެސް ހިމެނެ އެވެ.

އޭގެ ތެރޭގައި ހއ. ވަށަފަރާއި އދ. ދިއްދޫ އާއި ގއ. ކޮލަމާފުއްޓާއި ހއ. އުލިގަމާއި ހއ. އުތީމާއި މ. ވޭވަށާއި ސ. ހިތަދޫ އާއި ގދ. ތިނަދޫ އާއި ސ. މީދޫ އާއި ހދ. ނޮޅިވަރަމްފަރާއި ބ. ފުޅަދޫ އާއި ކ. ތުލުސްދޫ އާއި ރ. އުނގޫފާރާއި ޅ. ނައިފަރު އަދި އދ. މާމިގިިލީގެ ގެއެއްވެސް ހިމެނެއެވެ.

މީގެ އިތުރުން ބައެއް ކްލިނިކްތަކާއި، ފިހާރަތަކާއި، ގުދަންތައް ވެސް ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.

މޮނިޓަރިންގައިވާ ކްލިނިކްތަކާއި ފިހާރަ، ގުދަންތައް

  • ފަތަހަ ހޯމް އިމްޕްރޫވްމަންޓް
  • އީވް ކްލިނިކް
  • ފަރުވާ ކްލިނިކް
  • ކެެއާފްރީ ގޯޑައުން
  • ކެރަމާ ގޯޑައުން
  • ހިޔަލީ ގޯޑައުން
  • ނަސްފަރު ގޯޑައުން
  • މީދުފަރު ގޯޑައުން
  • ލިލީ ޝޮޕް - ހުޅުމާލެ
  • ލިލީ ގޯޑައުން - ހުޅުމާލެ
  • ބީއެޗްއެމް ގޯޑައުން - މ. ބަނަފުސާގެ
  • ބީއެޗްއެމް ގޯޑައުން - މ. ތިލާސްވެލި
  • ބީއެޗްއެމް ގޯޑައުން - މ. އުތުރުތިލަ
  • ބީއެޗްއެމް ގޯޑައުން - މ. ވަށްރިރި
  • ބީއެޗްއެމް ޓްރޭޑާސް
  • ލަގްޒަރީ ޝޮޕިން ސެންޓަރު
  • ހުޅުމާލެ ލޮކޯމާޓް
  • ހުޅުމާލެ ގްރީންމާޓް
  • ހުޅުމާލެ ޖިލްބާބް
  • ހުޅުމާލެ ޕްރޯ އެކްސްކާޝަން
  • އެމްއެޗްއޭ -2
  • އެމްއެޗްއޭ ބިލްޑިންގ
  • އެމްއެޗްއޭ މާޓް - މާލެ ގްރޭޑް
  • އެމްއެޗްއޭ މާޓް - މާފަންނު
  • އެމްއެޗްއޭ ހުޅުމާލެ މާޓް
  • އެމްއެޗްއޭ ބާޒާރު ބްރާންޗް

މާލެ މިހާރު އޮތީ 14 ދުވަހުގެ ލޮކްޑައުންއެއްގަ އެވެ. އެއީ މިމަހުގެ 15 ވަނަ ދުވަހު މާލެއިން މީހަކު މި ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެންމެ ފުރަތަމަ މާލެއިން ޕޮޒިޓިވްވީ އަންހެނެކެވެ. ދެން އޭނާގެ ދަރިފުޅެވެ. އަދި އެ ދެމައިންނާ ބައްދަލުވި ބަޔަކުވެސް ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.