އަނުޝްކާ ޝަރުމާ

އަނުޝްކާގެ ސީރީޒްއެއް އެމެޒޯން ޕްރައިމްއަށް

އަނުޝްކާ ޝަރުމާ
100%
0%
0%

އެމެޒޯން ޕްރައިމް ވީޑިއޯ އަށް އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރާ ސީރީޒްއެއްގެ ފުރަތަމަ ޓީޒާ އަންގާރަ ދުވަހު އަނުޝްކާ ވަނީ ދައްކާލާފަ އެވެ. މި ސީރީޒް ޕްރޮޑިއުސްކުރަނީ އަނުޝްކާގެ ޕްރޮޑަކްޝަން ހައުސް ކްލީން ސްލޭޓް ކޮމްޕެނީ އިންނެވެ.

މި ކުރު ޓީޒާ ވަރަށް ޝައުގުވެރި ނަމަވެސް މާ ބޮޑަކަށް މީ ކޮން ކަހަލަ ވެބް ސީރީޒްއެއް ކަމެއް އެނގޭ ގޮތެއް ނުވި އެވެ.

އަދި ނަމެއް ހަމަނުޖެހޭ މި ސީރީޒްގެ ތަރިންނަކީ ގުލް ޕަނާންގް، ޖައިދީޕް އަހުލާވަތު، އަބީޝެކް ބެނާޖީ އަދި ބެންގާލީ އެކްޓަރު ސްވާސްޓިކާ މުކަރުޖީ އާއި ނީރަޖް ކާބީ އެވެ. މި ސީރީޒް ޑައިރެކްޓްކުރަނީ އަނުޝްކާގެ "އެންއެޗް10" އާއި "އުޅްތާ ޕަންޖާބު"ގެ ލިޔުންތެރިޔާ ސުދިޕް ޝަރުމާ އެވެ.

ލިޔުންތެރިޔާ ހާރްދިކް މެހެތާ ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އެމެޒޯންގެ މި ވެބް ސީރީޒްއަކީ ދިއްލީގައި ތައްޔާރު ކޮށްފައިވާ އިންވެސްޓިގޭޝަން ޑްރާމާ އެއް ކަމަށެވެ.

ފުރަތަމަ ސީޒަނުގައި ފެންނާނީ ފުލުހަކު އެންމެ ކޭސް އެއް ހައްލުކުރަން ކުރާ މަސައްކަތް ކަމަށާއި އެހެން ސީޒަންތަކުގައި "ޓުރީ ޑިޓެކްޓިވް" ގޮތަށް އެހެން ކޭސްތައް ތަފާތުކޮށް ފެންނާނެ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މި ސީރީޒް އަނުޝްކާ ޕްރޮޑިއުސްކުރިޔަސް އޭނާ މި ސީރީޒްގައި އެކްޓް ނުކުރާނެ އެވެ.

މީގެ ކުރިން އަނުޝްކާ ޕްރޮޑިއުސްކޮށްފައިވާ ފިލްމު ތަކަކީ "އެންއެޗް10" އާއި "ފިއްލޫރީ" އަދި "ޕަރީ" އެވެ. އަދި ނެޓްފްލިކްސް އޮރިޖިނަލް އަށް "ބުލްބުލް" އާއި "މާއި" ޕްރޮޑިއުސްކޮށްދީފައި ވެއެވެ.

އަނުޝްކާ އެންމެ ފަހުން ފެނިފައިވަނީ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "ޒީރޯ"އިން ޝާހްރުކް ޚާނާއި ކެޓުރީނާ ކައިފް އާއެކުގަ އެވެ. ފިލްމު ފްލޮޕްވުމުން އަދި އިތުރު ފިލްމެއް އޭނާ ނުކުޅެ ހުރީ ދިގު ޗުއްޓީއެއްގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345