ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޖީއެމްއެޗް

އިމަޖަންސީގައި މަޑުނުކޮށް ހޮސްޕިޓަލަށް ދާން އެދިއްޖެ

އިމަޖެންސީއެއް ވެއްޖެނަމަ ހާލަތު މާ ބޮޑަށް ގޯސް ވަންދެން ނުތިބެ ހޮސްޕިޓަލަށް ދިއުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އަދި ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދެއްވުމުގައި އުޅުއްވާ ޑރ. މޫސާ މުރާދު އިލްތިމާސް ކުރައްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ކޮންމެހެން މުހިންމު ކަމެއްގައި ނޫނީ ހޮސްޕިޓަލަށް ނުދާން ސިއްހީ މާހިރުން ކުރިން ވަނީ އެދިފަ އެވެ. އައިޖީއެމްއެޗްގެ ގިނަ ޑޮކްޓަރުން ވެސް މިހާރު މަސައްކަތް ކުރަމުން ގެންދަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމުގަ އެވެ.

އެންއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުރާދު ވިދާޅުވީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ޑޮކްޓަރުން ކިތަންމެ ބުރަކޮށް އުޅުއްވި ނަމަވެސް އިމަޖަންސީގެ ހިދުމަތް 24 ގަޑިއިރު ދެމުންގެންދާ ކަމަށެވެ.

އަދި އެފަދަ ކޭސްތަކަށް ފުރިހަމަ އަށް އެޓެންޑް ވެވޭނެ ގޮތަށް ޑޮކްޓަރުން އަބަދު ތައްޔާރަށް ތިއްބަވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުދިކުދި ކަންތައްތަކުގައި ހޮސްޕިޓަލަށް ދިއުން މަދުކޮށްލަން އަންގާފައި އޮތް ނަމަވެސް އިމަޖެންސީއެއް މެދުވެރިވެއްޖެނަމަ ލަސް ނުކޮށް ހޮސްޕިޓަލަށް ދާންވާނެ ކަމަށެވެ. އަދި އެފަދަ ހާލަތުގައު އެމްބިއުލާންސްގެ ހިދުމަތް ދޭނެ ކަމަށެވެ.

"އެއްވެސް ބޭފުޅެއްގެ ހާލަތު މާބޮޑަށް ގޯސްވަންދެން ނުތިއްްބަވާ، އެމެޖެންސީއެއްގައި ހިދުމަތް ހޯދަންޖެހޭ ހާލަތެއް ނަމަ ހޮސްޕިޓަލަށް އައުމަކީ އަޅުގަނޑުމެން އެދޭ ކަމެއް." އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ގިނަ ކޭސްތަކެއް މާލެއިން ފެނިފައިވާއިރު މާލެ އޮތީ 14 ދުވަހުގެ ލޮކްޑައުންއެއްގަ އެވެ. އެހެން ކަމުން ހާއްސަ ހާލަތްތަކެއްގައި ހުއްްދަ ހޯދައިގެން ނޫނީ ބޭރަށް ނިކުތުން ވަނީ މަނާ ކޮށްފަ އެވެ.