ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއެމްޕީއާރްސީ

ޓޫރިޒަމްގެ ގޮންޖެހުންތަކާބެހޭ ސެމިނާއެއް

Apr 25, 2020

ކޮވިޑް-19 އާ ގުޅިގެން، ޓޫރިޒަށް ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ހާއްސަ ސެމިނާއެއް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

"ރިއެކްޓް ރީތި ންކް، ރިކަވާ- ސޮލިއުޝަންސް ޓު ދަ ކޮވިޑް-19 ކްރައިސިސް" ސެމިނާގައި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާއި ޓްރިޕް އެޑްވައިޒާ ވެސް ބައިވެރިވާނެ އެވެ.

މި ސެމިނާގައި ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމަށް ދިމާވަމުންދާ ދަތިތަކާބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު އެމްއެމްޕީއާރްސީ އިން ވަނީ ހުޅުވާލާފަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު 1.7 މިލިއަން މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. ނަމަވެސް ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާއިރު، މާޗު މަހުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް ވަނީ ހުއްޓިފަ އެވެ.