ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

"މޯލްޑިވްސް ބޯޑާ މައިލްސް" ތައާރަފުކޮށްފި

Sep 27, 2020
6
ރާއްޖޭން ބޭރުގައި ބައިވެރިވި ފެއާއެއް: ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރު ކުރަން ހާއްސަ ޕްރޮގްރާމެއް އިމިގްރޭޝަން އިން ވަނީ ފަށާފައި -- ފޮޓޯ: ޓޫރިޒަމް
0%
100%
0%

ރާއްޖެ އަންނަ ޓޫރިސްޓުން، ރާއްޖެއާ މެދު ޝައުގުވެރިކަން އިތުރު ކުރަން "މޯލްޑިވްސް ބޯޑާ މައިލްސް" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް މިރޭ ފަށައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އިސް ނެގުމެއްގެ ދަށުން، ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި މާ ބޮޑު މަސައްކަތެއް ނޯންނަ އެކަމަކު ބޮޑު ބަޖެޓެއް އޮންނަ އެމްއެމްޕީއާރުސީ ގުޅިގެން "މޯލްޑިވްސް ބޯޑާ މައިލްސް" ގެ ނަމުގައި ފަރުމާ ކޮށްފައިވާ ޕްރިވިލެޖް ޕްރޮގްރާމް ތައާރަފު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން، ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން ވިދާޅުވި ގޮތުގައި މިއީ ދުނިޔޭގައި ވެސް މި ފަދަ ޕްރޮގްރާމެއް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރު ވެގެން ދާނެ އެވެ. އަދި މިއީ ދެ މަސް ދުވަހުން ފުރިހަމަ ކުރި މަސައްކަތެކެވެ.

"ވިސްނުމަކީ ލޯ އެންފޯސްމަންޓް އެޖެންސީތަކާއި ޕްރޮމޯޝަނަށް މަސައްކަތް ކުރާ ފަރާތްތައް އެއް އަޒުމެއްގައި އަތުގުޅާލައިގެން މަސައްކަތް ކުރުވުމުގެ ވިސްނުން ގެނައުން. އެ ވިސްނުމަކީ ޓޫރިޒަމްގެ ވިސްނުން. ރާއްޖެ އަންނަ ޓޫރިސްޓުންނަށް ލޯތްބާއި އޯގާތެރިކަމާއެކު ހިދުމަތް ދިނުމުގެ ވިސްނުން،" ހަނަފީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމުމަކީ ވަރަށް ހިތްވަރު ގަދަ މުހިންމު ނިންމެވުމެއް ކަމަށެވެ. މިއަދު ލޯންޗު ކުރި ޕްރޮގްރާމަކީ އުންމީދީ ޕްރޮގްރާމެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދު ލޯންޗު ކުރި ޕްރޮގްރާމްއަކީ އުންމީދީ ޕްރޮގްރާމެއް ކަމަށާއި 2021 ވަނަ އަހަރަކީ ރާއްޖެއަށް ކާމިޔާބު އަހަރަކަށް ވާނެ ކަމަށެވެ.

ޓޫރިޒަމްގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ދިވެހި ރައްޔިތުންނަށް ލިބޭނީ މި ސިނާއަތުގެ ވެރިންނަކީ ދިވެހިންނަށް ވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްރަށުގެ ކުދި ހޮޓާތަކާ ގެސްޓްހައުސްތައް ފައިދާ ލިބޭ ގޮތަށް ހިންގާލެވިގެން. ފަތުރުވެރިކަމުގައި ދިވެހިން އަދާ ކުރާ ހިތްވާ ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދިވެހިންނަށް ލިބިގެން. އަންހެނުންގެ ހިއްސާ ފަތުރުވެރިކަމުގައި އިތުރު ވެގެން. މަސްވެރިންނާއި ދަނޑުވެރިންނާއި ފަންނާނުންގެ ބައިވެރިވުން އިންޑަސްޓްރީގައި އޮވެގެން. އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރާނީ އިރާދަ ކުރެއްވީ އެގޮތަށް،" މައުސޫމް ވިދާޅުވި އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބޭ ގޮތަށެވެ. މި ޕްރޮގްރާމުގައި ހާއްސަ އޮކޭޝަން ތަކަށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް އިތުރުވެ އެވެ. މި ޕްރޮގްރާމުގައި ތިން ޕެކޭޖެއް ތައާރަފު ކުރާނެ އެވެ. ބްރޯންޒް ޕެކޭޖުގެ ނަމަކީ "އައިދަ" އެވެ. އަދި ސިލްވާ "އަންތަރަ" އަދި ގޯލްޑަކީ "އަބާރަނަ" އެވެ. ހާއްސަ ބެނެފިޓްސް ތަކެއް މި ޕެކޭޖުތަކުގައި ހިމެނޭނެ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހަރެން2

ވަރަށް ފުރިހަމަ ހަބަރެއް. ކިޔާނިމުނުއިރުވެސް ބޯޑާމައިލްސް ލިބޭގޮތެއް ނޭނގުނު.

ކަދީދަ

ބެނެފިޓްސްތައް ހާމަ ކުރުމެއް ނޯވޭތަ

ވިޝްމާން

ފަތުރުވެރިކަން ނޫން ކަމެއް ކުރިއަރުވަން ނޭގޭތަ.

އިކްލީން

އިންޑިޔާ ސިފައިން ގެންނަން ކުރާ ކަމެއް.

ޒީމް

ކާފަރު ގެސްޓުން ގެންނަން ކުރާކަމެއް

އިކްރާމް

އިންޑިޔަ މީހުން އެތެރެކުރަން ކުރާ ކަމެއް. ހަތިޔާރު ނުގެނެސްފިއްޔާ ރަނގަޅު

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345