ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް ސަޕޯޓު ފަންޑަށް އެހީވުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

Apr 27, 2020

ކޮވިޑް-19 އާ ގުޅިގެން ގެއްލުންވެފައިވާ މީހުންނަށް އެހީވާން، ހުޅުވާފައިވާ "ކޮވިޑް-19" ފަންޑުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ، އެ ކަމަށް ސަމާލުވާން ގައުމީ ބޭންކުން އަނެއްކާ ވެސް އެދިއްޖެ އެވެ.

ގައުމީ ބޭންކް، ބީއެމްއެލް އިން ވަނީ މީގެ ކުރިން ވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކާ މެދު ސަމާލު ވާން އެދިފަ އެވެ. އަދި މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލާ އާފާތާ ގުޅިގެން، ހާލުގަ ޖެހިފައިވާ މީހުންނަށް އެހީވުމުގެ ނަމުގައި އެ ފަދަ އަމަ ލުތަކެއް ތަކުރާރުވަމުންދާތީ އަނެއްކާ ވެސް އެ ކަމަށް ސަމާލު ވާން ވަނީ އެދިފަ އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން އެއްވެސް ކަސްޓަމަރެއްގެ އެކައުންޓަށް ފައިސާ ޖަމާ ކުރަން ނޭދޭނެ ކަމަށެވެ. އަދި މި ދުވަސްވަރަކީ ކުރިއަށް ވުރެ ބޮޑަށް އަތުގައި ހުރި ފައިސާ ކޮޅަށް ސަމާލުވާން ޖެހޭ ވަގުތެއް ކަމަށާ، މި ދުވަސްވަރު ކުރި އަށް ވުރެ ބޮޑަށް އެކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ބުނެފައިވެ އެވެ.