ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިރާގު

ދިރާގު ޓީވީއަށް "އެޑިއުކޭޝަން ޒޯން" އެއް

ދިރާގުގެ ވީޑިއޯ ޕްލެޓްފޯމް، ދިރާގު ޓީވީގައި އެޑިއުކޭޝަން ޒޯނެއް ހިމަނައިފި އެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިންނަށް ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ކުރިއަށްވުރެ އިތުރަށް މިހާރު ވަނީ ޖެހިފަ އެވެ.

ދިރާގުން މިއަަދު ބުނީ ކިޔަވާކުދިންނަށް ލުއި ކޮށްދިނުމުގެ ގޮތުން ދިރާގުން ދިރާގުޓީވީ ވީއޯޑީ ޕްލެޓްފޯމުގައި އެ ކުދިންނަށް ހާއްސަ އެޑިއުކޭޝަން ޒޯނެއް "އެޑިއު ޒޯން"ގެ ނަމުގައި ތައާރަފުކޮށްފި ކަމަށެވެ.

އެޑިއު ޒޯންގައި ހިމެނޭ ކޮންޓެންޓް ހޯދާފައިވަނީ އެޑިއުކޭޝަން ކޮންޓެންޓް ޑިވެލޮޕް ކުރާ ބައެއްކަމުގައިވާ ހޮލޯގޯއާ ގުޅިގެންނެވެ. ހޮލޮގޯ ވަނީ ދާދި ފަހުން ގޭގައި ތިބެގެން ކިޔެވުމަށް އެންމެ ރަނގަޅު އެޕެއް ކަމަށް އެޕަލް އިން ލިސްޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

ދިރާގުން ބުނީ، މި ހިދުމަތް ދިރާގު ޓީވީ މެދުވެރިކޮށް އެއްވެސް އަގަކާނުލާ މެއި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ. ދިރާގު ޓީވީގެ އެޑިއު ޒޯންގެ ކޮންޓެންޓްތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ނުވަތަ ވީ. އޯ. ޑީ ފީޗާއިން ޖޮއިބޮކްސް މެދުވެރިކޮށް ބެލެ އެވެ. އަދި ގޭގައި ދިރާގު ޓީވީ ނުހުންނަ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ މޮބައިލް އެޕް، ޓެބްލެޓް ނުވަތަ މޯބައިލް ފޯނަށް އަޅާ ޔޫސާނޭމް އަދި ޕާސްވޯޑެއްގެ ގޮތުގައި “Play” ޖެހުމަށްފަހު މި ކޮންޓެންޓްތައް ބަލާލެވޭނެ ކަމަށްވެސް އެ ކުންފުުނިން ބުނެ އެވެ.

ދިރާގު ޓީވީ އެޕް ބޭނުން ކުރުމަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްތަކަކުން އެއްވެސް ޑޭޓާ ޗާޖެއް ނުހިގާނެ އެވެ.

ދިރާގުންް އިތުރަށް ބުނީ މި ދުވަސްކޮޅާ ގުޅިން މި ކޮންޓެންޓްތައް ހިލޭ ކޮންމެ ކިޔަވާކުއްޖަކަށްވެސް ބަލާލެވުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ބޭނުމަކީ ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫ ނާރޭނެހެން، ބޭނުންތެރި ތައުލީމީ ކޮންޓެންޓް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ.

ދިރާގުޓީވީގެ އެޑިއުޒޯންގައި އައިޖީސީއެސްއީ ކަރިކިއުލަމްގެ މާއްދާތަކާ ގުޅޭ ކޮންޓެންޓް ހުރެ އެވެ. މީގެ ތެރޭގައި ވީޑިއޯ ފިލާވަޅުތަކުގެ އިތުރުން އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެސްދޭ ބައެއް ފިލާވަޅުތައްވެސް ހިމެނެ އެވެ.
އެޑިއު ޒޯންގައި އެކުލެވިގެންވާ ކޮންޓެންޓް ހަދާފައިވަނީ ތައުލީމީ ދައިރާގެ ބޭފުޅުންގެ ލަފާގެ މަތިން ގްރޭޑް 6 އިން 10 އަށް ކިޔަވާ ދަރިވަރުނަށް އަމާޒުކޮށްގެންނެވެ.