ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަޔާން ނެރުނު ފަހުން އަމީންގެ ޖަވާބު މަޖިލީހަށް ފޮނުވައިފި

މިނިސްޓަރު އަމީން މިއަދު މަޖިލީހަށް ބަޔާން ދެއްވަނީ: ފިޔަވަޅުތައް އަޅަނީ މަޝްވަރާގެ މަތިން ކަމަށް ވިދާޅުވި
0%
0%
0%

ކޮވިޑް-19 އިން ރައްކާތެރިވާން ބޭނުންވާ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން މަޖިލީހުން ފޮނުވާފައިވާ ސުވާލުތަކުގެ ޖަވާބުތައް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރު އަމީނަށް ފޮނުވި 14 ދުވަހުގެ ނޯޓިސް ވަނީ އިއްޔެއަށް ހަމަވެފަ އެވެ. އިތުރަށް މިއަދުގެ މެންދުރުފަހު 2:00 އިން ފުރުސަތު ވެސް ހަމަވިއިރު ޖަވާބު ދީފައިނުވާތީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާ މިނިސްޓަރު ހިލާފުވެވަޑަިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް ބުނެ މަޖިލީހުން ބަޔާނެއް ވެސް ނެރުނެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މިއަދު އިރުއޮއްސި 6:31 ގައި އިމެއިލް މެދުވެރިކޮށް މަޖިލީހުގެ އިދާރާއަށް އަމީންގެ ޖަވާބު ލިބިފައިވާ ކަމަށެވެ. ޖަވާބު ނުލިބޭ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ނޫސް ބަޔާން ނެރުނީ 6:12 ގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަމީން ޖަވާބު ފޮނުވީ ބަޔާން ނެރުނުތާ 20 މިނެޓު ފަހުންނެވެ.

މިނިސްޓަރު އަމީނާ ކުރެއްވުމަށް ހައިމަތް ޖުމުލަ 10 ސުވާލެއް ހުށަހެޅުއްވި އެވެ. އެ ގޮތުން ވެންޓިލޭޓަރުތައް ގެނައުމަށް ކުރިއަށް ގެންދާ ޕްރޮސެސް އާއި ބިޑް ކުރެވިގެން އެ ކަން ކުރިއަށްދޭތޯއާ ގުޅޭ ގޮތުން ސުވާލުތައް ހުށަހަޅުއްވާފައިވެ އެވެ. އެ ސުވާލުތައް މިނިސްޓަރަށް ފޮނުވީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރު އަމީންއަށް މީގެކުރިން ވެސް އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ފާޑުވިދާޅުވެ، އިތުބާރު ނެތް ކަމަށް ވިދާޅުވެފައިވެ އެވެ. ކޮވިޑް-19 މާލޭގައި ފެތުރެމުންމިދާ މި ދަނޑިވަޅުގައި މިނިސްޓަރު އަމީން ގިނަ ޒިންމާތަކެއް ވެސް ގެންދަވަނީ އުފުއްލަވަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910