ގއ. ކޮނޑޭ އިން ހަ ފޫޓުގެ ކިނބުލެއް ފެނިއްޖެ އެވެ.
އެ ރަަށުގެ ގޮނޑުދޮށުން ކިނބުލެއް ފެނުނީ މިރޭގެ އިރާކޮޅު އެވެ. ކޮނޑޭ ބަޔަކަށް ކިނބޫ ފެނިގެން އެ ކިނބޫ ހިފާފައި ވަނީ ދަލެއް ޖަހައިގެންނެވެ.
އެ ރަށުގެ ކައުންސިލުން ބުނީ، ދިގު މިނު ހަ ފޫޓު ހުރި އެ ކިނބޫ މިހާރު އޮތީ ދަލާއެކު ކައުންސިލް އިދާރާގައި ކަމަށާއި އެކަން ފުލުހަށް އަންގާފައިވާނެ ކަމަށެވެ.
މީގެ ކުރިން ވެސް އޮޔާ ބެހިގެން އަންނަ ކިނބޫ ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނެ އެވެ.