ރައްޔިތުންގެ މަޖިލިސް

ދެ ބިލް ހިލޭ ކުރަން މެންބަރުންގެ ތާއީދެއް ނުލިބުނު

މަޖިލީހުގައި މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލީސް
66.7%
0%
33.3%

އެޕްރީލް އަދި މެއި މަހު ކަރަންޓާ ފެން ބިލް ހިލޭ ކޮށްދިނުމަށް ހުށައެެޅި ހުށައެޅުމާ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މަޖިލީސް މެންބަރުން ދެކޮޅު ހައްދަވައިފި އެވެ.

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ދިވެހި ރައްޔިތުނަށް ދިމާ ވެދާނެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ކަރަންޓް އަދި ފެން ބިލުން ބައެއް ދައްކައިދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސަރުކާރުން ތައާރަފް ކޮށްފައިވާ ރިލީފް ޕެކޭޖްގެ ތެރޭ ހިމެނިގެން އެޕްރީލް އަދި މެއި މަހު ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓް ސަބްސިޑައިޒް ކޮށްދިނުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އިގްތިސޯދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނު ކޮށްފައިވާ ރިލީފް ޕެކޭޖްގައި ހިމެނޭ ކަންކަމުގެ ތެރެއިން މަޖިލީހުގެ ކޮމެޓީތަކުގެ އިހްތިސޯސްގައި ހިމެނޭ ކަންކަން އެ ކޮމެޓީތަކުން ވެސް ދަނީ ބަލަމުންނެވެ.

ރޭ އޮތް އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ކޮވިޑްގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ލުޔެއް ދޭން އެޕްރީލް އަދި މެއި މަހު ކަރަންޓް ބިލާއި ފެންބިލް ހިލޭ ކޮށްދިނުމަށް ހުށައަޅުއްވާފަ އެވެ.

މެންބަރު ޝިޔާމް ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި ގިނަ ދުވަސްތަކެއް ވޭތިވެ ދިޔައިރު އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ލޮކްޑައުންގެ މުއްދަތު އިތުރު ކުރާނެ ކަމަށް ބެލެވޭތީ ގޭގައި ތިބެން ޖެހިފައިވާ މި ދަނޑިވަޅުގައި ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށެވެ. އެހެން ކަމުން ބިލްތަކުން ބައެއް ސަރުކާރުން ދައްކައިދިން ނަމަވެސް ރައްޔިތުން ދައްކަންޖެހޭ މިންވަރު ކުޑަ ނުވާނެ ކަމަށެވެ.

"ލޮކްޑައުންގައި މުޅި ދުވަހު ގޭގައި އެތައް ދުވަހެއް ހޭދަކުރަން ޖެހޭއިރު މީގެ ކުރީ މަސްތަކާއި އަޅާބަލާއިރު ކަރަންޓް އަދި ފެންވެސް އެތައް ގުނައެއް އިތުރަށް ބޭނުން ކުރެވޭނެ. ސަރުކާރުގެ ބޭނުމަކީ ވެސް ރައްޔިތުންނަށް ލުއި ގޮތްތައް ހޯދާދިނުން ކަމަށްވާއިރު ބިލުން ބައެއް ދައްކައިދިން ނަމަވެސް ގޭގައި ތިބެެން މަޖުބޫރު ވުމުން ބިލަށް ބޮޑު އެއްޗެއް އަރާނެ. އެހެންވީމަ މި ދެމަހުގެ ބިލް ފްރީކޮށް ދިނުމަށް އަޅުގަނޑު މި ހުށައަޅަނީ،"

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް -- ފޮޓޯ: މަޖިލީސް

ޝިޔާމް ވިދާޅުވީ 4.2 ބިލިއަން ރުފިޔާ ބޭނުން ކުރުމުގެ ފުުރުސަތު ވެސް މަޖިލީހުން ވަނީ ފަހިކޮށްދީފައި ކަމަށާ އެހެން ކަމުން އެ ފައިސާއިން ރައްޔިތުންނަށް މި ހާލަތުގައި ސީދާ ގޮތުން އެހީތެރިވެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށެވެ. ކަރަންޓާ ފެން ބިލް މި ދެ މަހު ދައްކަން ނުޖެހޭ ގޮތަށް ހައިދީފިނަމަ އެއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"ކުރިން ވެއްޖިއްޔާ މަސައްކަތްކޮށްގެން ފައިސާ ހޯދައިގެން ވެސް ބިލް ދެއްކޭނެ. އެކަމު މިއަދު އެހެނެއް ނޫން. އެންމެންހެން މި ތިބެން ޖެހެނީ ގޭގައި، އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ އެތައް ބަޔަކަށް މުސާރަ ދެވޭނެ ގޮތެއްނެތް. އެހެންވީމަ މިއީ ސީދާ ގޮތުން ރައްޔިތުންނަށް އެހީތެރިވާންވީ ވަގުތު." ޝިޔާމް ވިދާޅުވި އެވެ.

އެސްއޯއީ ކޮމެޓީގައި މި ހުށައެޅުމަށް ވޯޓް ދެއްވީ ޝިޔާމްގެ އިތުރުން މެންބަރު ފަޒުލް ރަޝީދާ، އެމްޑީީޕީގެ ދެ މެންބަރުން ކަމަށްވާ އިބްރާހިމް ރަޝީދު (ބޮންޑާ) އަދި ފުވައްމުލަކު މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. އެ ހުށައެޅުމަށް ޖުމްހޫރީ ޕާޓީގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ތާއީދު ކުރެއްވި ނަމަވެސް ވޯޓް ގަޑީގައި އޭނާ ނެތުމުން ވޯޓްގައި ބައިވެރިވެވޭ ގޮތް ވަނީ ނުވެފަ އެވެ.

މި ހުށައެޅުމާ ދެކޮޅަށް ވޯޓް ދެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނެވެ. އަދި ވަކިކޮޅަށް ވޯޓް ނުދެއްވާ ތިއްބެވީ ކިނބިދޫ ދާއިރާ މެންބަރު މުޙައްމަދު ނާޝިޒުގެ އިތުރުން ފޭދޫ ދާއިރާ މެންބަރު މުހައްމަދު ނިހާދު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އެހެން ކަމުން މި ހުށައެޅުން ފާހެެއް ނުވި އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޕިކްސް

މިވަގުތު ހިލޭ ދިނުމަކީ ކޮށަގެންވާނެ ކަމެއްނޫން. އެއީ ހިލޭދީފިނަ ބޭނުންކުރާވަރު ގިނަވެ އެކަމުން ހިދުމަތްދޭ ފަރާތަށް ބާރުބޮޑުވެ އެއްމެންނަށް އެހިދުމަތް ނުލިބޭ ވަގުތުތަކެށް ކުރިމަތިވެދާނެތީވެ.

ދދ

މި ޔެލޯ ބައިގަޑު މީ ދެން މާރައްޔިތުންނަށް ހެޔުކަމަށް ހެދިގެން ރަސްކަން ކުރާ ވަކިބަޔަަކަށް ބައިތުލް މާލު ދީގެން އުޅޭ އިޔަހޫދި ހީލައްތެރި ބައިގަޑެއް ނުންތޯ ؟

މޮޑަފް

ތީ ރޯދަޔަށް ކުދިކުދި ރަށްރަށުގެ ކަރަންޓްބިލް ކުޑަކުރާހެން ކުރެވޭނެ ކަމެއްނޫން. ސަބަބަކީ މިއޮއްބޮޑު މާލޭގަ ބޭނުން ވަރަކަށް ހިލޭކޮއްފިއްޔާ އިންޖީނުގެއަށް އޮބިނޯވެ ކަރަންޓް ކެނޑުމަކީވެސް އެކަށީގެންވާކަމެއް. އަދި އިސްރާފު ބޮޑުވެ ކުންފުނި އަނދަވަޅަކަށް ވެއްޓުންވެސް ގާތް. ތީ ލޮޖިކަށް ބަލާއިރުވެސް ކުރެވޭނެ ކަމެއްނޫންކަން އެނގިތިބެ އިދިކޮޅުން ޖައްސާ ސްޓަންޓް.

މބސމ

ތީތޯ ރައްޔިތުންގެ ވަކީލުން ރައްޔިތުންނާއި މެދު ދެކޭ ގޮތަކީ. ތިކަން ހުރިހާ ރައްޔިތުން ދެނަ ވޯޓުލާ ދުވަހަކު ހަނދާނުގަ ބަހައްޓާނެ. އެހެން ނޫނަސް.. ބިލްތައް ހިލޭ ކުރުމަކީ މަޖިލީހަކާ ބެހޭ ކަމެއްނޫން. ސަރުކާރުން ބޭނުންވެއްޖެއިތާ ބިލްތައް ހިލޭ ކޮއްލަންވީ. މިއީ ބަރުލަމާނީ ނިޒާމެއް ނޫން.

ތެދެއް ބުނަންތަ

ބިލް ހިލޭ ކުރާނެ ކަމެއްނެތް. އަދިވެސް އިތުރު ޓެކުސްތަކެއް ރައްޔިތުން އަތުން ނަގަންވީ. އޯގާތެރި ސަރުކާރު. މަކަރުވެރި ސަރުކާރު. އެހެންޏާ ފަހެ! ފެނަކައިން އަހަރެމެނަނަށް މާރޗް މަހުގެ ބިލް ފޮނުވީ އެޕްރީލް މަހުގެ ތިންވަނަ ހަފްތާގެތެރޭގައި. ބިލް އާއިރު ' އެވްރެޖުކޮށް މަހަކު 1300 އަށްވުރެ މައްޗަށްނުދާ އަހަރެންގެ ގޭގެ ބިލަށްވެސް 2130 ރުފިޔާ އެރި. މިމައްސަލާގައި ގިނަ ޢަދަދެއްގެ މީހުން ރަށުގެ ފެނާކަ އޮފީހަށް ގޮސް ޝަކުވާ ތައް ބަންޑުން ޖައްސާލި. ޖަވާބަކީ އެންމެ ޖަވާބެއް. އެއީ ހޫނު ގަދަކަމުންކަމަށް. އެކަމަކު ދޫނުކޮށް ޝަކުވާގައި ދެމިތިބި މީހުންގެ ސަބަބުން އެއް ޙަޤީޤަތެއް އެގުނު. މަގުމަތިން ހޮވައިގެންވެސް ރީޑިންނަގަން މީހުންފޮނުވުމާ ' އެކިފަހަރު އެކިމީހުން ފޮނުވުމާ ' ނުބައިތަނުގައި ނުބައިޢަދަދު ޖަހާފާ ހުންނަކަން. އޯގާތެރިވާނީ ދެން މިވަރަށް!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345